ސަރުކާރުގެ އެކިއެކި އިސް މަޤާމުތައް ފުރުއްވާފައިވާ ދީނީ ޢިލްމުވެރިޔާ އައްޝައިޚު މުޙައްމަދު ޤުބާދު އަބޫބަކުރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާޢިދުކުރައްވަން ނިންމަވައި ވެރިކަންކުރާ މައި ޕާޓީ (އެމްޑީޕީ) އާއި ގުޅިވަޑައިގެންފިއެވެ.

ޤުބާދަކީ ރައީސް މައުމޫނުގެ ސަރުކާރާއި އޭގެ ފަހުން އައި ބައެއް ސަރުކާރުތަކުގައިވެސް އިސް މަޤާމްތަކެއް ފުރުއްވާފައިވާ ޢިލްމީ ބޭފުޅެކެވެ. ޤުބާދު އެމްޑީޕީއާ ގުޅިވަޑައިގެން މެމްބަރޝިޕް ފޯމު އަރުވާފައިވަނީވެސް ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ އަތްޕުޅަށެވެ.

މިހާތަނަށް އޭނާ ހުންނެވީ ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމްގެ އެމްއެންޕީގައެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި ޑީއާރުޕީގައިވެސް ޤުބާދު މަސައްކަތްކުރެއްވިއެވެ. އަދި ރައީސް ނަޝީދުގެ ވެރިކަމުގައި 2011ވަނަ އަަހަރު އެމްޑީޕީއާ ގުޅިވަޑައިގަތެވެ. އޭގެފަހުން ޕީޕީއެމްގައިވެސް އުޅުއްވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގައި ހުންނަވަނިކޮށް ޤުބާދުވަނީ މަޤާމުން ވަކިކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން