ރާއްޖެ އެތެރެކުރަން އުޅުނު 2.020 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސުން ހާމަކޮށްފިއެވެ.

މި ތަކެތި އަތުލައިގަތީ އިނގިރޭސިވިލާތުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށް ކަސްޓަމްސުން ބުނެއެވެ.

ކަސްޓަމްސުން ބުނީ ޖުލައި 7 ވަނަ ދުވަހު ރާއްޖެ ގެނައި ޕާރުސަލަކާމެދު ކަސްޓަމްސްގެ މުވައްޒަފުންނަށް ޝައްކު ކުރެވޭ ބައެއް ކަންތައްތަކެއް ހުރުމުން، އިތުރަށް ބަލައި ފާސްކުރުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ "މެފެޑްރޯން" ފެނިފައިވާ ކަމަށެވެ.

މިތަކެތީގެ މަގުމަތީ އަގު 3.6 މިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާނެކަމަށް ކަސްޓަމްސުން ބުނެއެވެ.

އަތުލައިގަތް މިމަސްތުވާތަކެތި މިހާރުވަނީ ފުލުހުންނާ ޙަވާލުކޮށްފައިކަމަށް ކަސްޓަމްސުން މަޢުލޫމާތުދީފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން