ހދ. ނޮޅިވަރަމް އިން އިތުރު މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ނޮޅިވަރަމް އިން އެންމެ ފުރަތަމަ ޕޮޒިޓިވް ވެފައިވަނީ މިމަހު 6 ވަނަ ދުވަހު މާލެއިން އެރަށަށް އައި 33 އަހަރުގެ ފިރިހެނެކެވެ. އެ މީހާގެ ފަރާތުން އެއްވެސް އަލާމާތެއް ފެނިނުވާއިރު ހާލު ރަނގަޅުކަމަށް މައުލޫމާތު ލިބެއެވެ. އެއީ މާލެ އިން އެ ރަށަށް ގޮސް ހޯމް ކަރަންޓީނުގައި ހުރި މީހެކެވެ.
ދެވަނައަށް އެ ރަށުން ޕޮޒިޓިވް ވެފައިވަނީ އޭނާގެ ބޭބެ އެވެ. އެ މީހާ އަކީ ފުރަތަމައަށް ޕޮޒިޓިވްވި މީހާއާ އެކު މާލެ އިން އެ ރަށަށް ގޮސް އެއް ގެއެއްގައި އުޅެމުންދާ މީހެއް ކަން ވަނީ އެނގިފައެވެ.
ނޮޅިވަރަމް މީހާ ދަތުރުކޮށްފައިވަނީ މިމަހު 6 ވަނަ ދުވަހު ކުޅުދުއްފުއްޓަށް އައި ފްލައިޓަކުންނެވެ. އެ މީހާއާއެކު އެ ފްލައިޓްގައި 6 މީހަކު ދަތުރުކޮށްފައިވެ އެވެ. އޭގެ ތެރެއިން ތިން މީހުންނަކީ ނޮޅިވަރަމަށް ނިސްބަތްވާ މީހުންނެވެ.
އެމީހާއާއި އެކު އިތުރު ބަޔަކުވެސް ކުޅުދުއްފުށިން ލޯންޗެއްގައި އެރަށަށް ގޮސްފައިވާތީ އެމީހުންގެ ސާމްޕަލްވެސް މިހާރުވަނީ ނަގާފައެވެ. އަދި އެމީހާ ދަތުރު ކުރި ލޯންޗުގެ ފަޅުވެރިންގެ ސާމްޕަލް ނަގާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.
ކޯވިޑް-19 ޖެހިގެން ރާއްޖޭގައި މިހާރު 308 މީހުންނަށް ފަރުވާދެމުންދާއިރު، ރާއްޖެއިން މިހާތަނަށް ޖުމްލަ 2553 މީހުން މިބައްޔަށް ޕޮޒިޓިވްވެފައި ވެއެވެ. މިބަލީން ޝިފާލިބުނު މީހުންގެ އަދަދު 2227 އަށް އިތުރުވެފައި ވާއިރު، 13 މީހުން ވަނީ މިބަލީގައި ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު