ކޯލިޝަން ބައްދަލުވުމެއްގެ ތެރެއިން، ފޮޓޯ:ރައީސް އޮފީސް
ކޯލިޝަން ބައްދަލުވުމެއްގެ ތެރެއިން، ފޮޓޯ:ރައީސް އޮފީސް
ނާތުޒީބު ދަށު ދަރަޖައިގެން އަމަލުތައް ހިންގާ ދައުލަތަކަށް މިސަރުކާރު ވެގެން ދިއުމުން މިކަމުގެ ޒިންމާ ސަރުކާރު ކޯލިޝަންގައި ހިމެނޭ ވެރިން ނަގަން ޖެހޭކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ރަނިން މޭޓެއްގެ ގޮތުގައި ރިޔާސީ އިންތިޚާބުގައި މަސައްކަތް ކުރެއްވި ޝަހީމް ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން ރައްޔިތުން ހާލުގައި ޖެއްސުމަށްފަހު ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނާއި، މުއައްސަސާތައް ހިންގަން ތިއްބެވި ބޭފުޅުން ނާތަހުޒީބް އަމަލުތައް ހިންގުމަކީ ބަލައި ގަނެވޭނެ ކަމެއްނޫންކަމަށެވެ. މިކަމަކީ މުޅި ސަރުކާރު ފަލީހަތްވެ ރައްޔިތުންގެ ކުރިމަތީގައި އަގެއްނެތްކަން ހާމަވެގެން ދިޔަ ކަމަކަށްވާއިރު މިކަމުގެ ޒިންމާ ސަރުކާރު ކޯލިޝަންގައި ހިމެނޭ ލިޑަރުން ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

"ރައްޔިތުން ލޮކްޑައުންގައި ބައިތިއްބާފަ ދައުލަތުގެ ފައިސާއިން ފައިވްސްޓަރ ހޮޓާތައް ހިފައިގެން އެތަންތަނުގައި ހިންގި ނާތަހުޒީބު ޢަމަލުތައް ކުށްވެރިކުރަންޖެހޭ. މިހާ ދަށުދަރަޖައަށް ދައުލަތުގެ މުއައްސަސާތައް ވެއްޓިގެން ދިއުމާމެދު ކޯލިޝަންގެ ވެރިން ޒިންމާ ނަގައި ޖަވާބު ދާރީ ވާންޖެހޭނެ." ޝަހީމް ވިދާޅުވިއެވެ.

މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ކުރީގެ ވަޒީރު، ޢަލީ ވަޙީދު ހިންގަވާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާ އަށާއި ޖެންޑަރ މިނިސްޓްރީއަށް ހުހަޅާފައިވާއިރު، އެމައްސަލަ ފުލުހުންވެސް ދަނީ ތަހުޤީގުކުރަމުންނެވެ.

މިކަމުގައި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ވެފައިވާއިރު، ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ހިނގައިދިޔަ ޖިންސީ ގޯނާގެ މައްސަލަވެސް ބެލުމަށް ގިނަބަޔަކު ދަނީ ގޮވާލަމުންނެވެ. މިމައްސަލާގައި އަލީ ވަހީދު މަޤާމުން ވަކިކޮށް، މިނިސްޓްރީ ހިންގެވުން ވަގުތީގޮތުން ހަވާލުކޮށްފައިވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލާއެވެ.

ޢަލީ ވަޙިދުގެ މައްޗަށް ތުހުމަތުކުރެވެނީ އެ މިނިސްޓްރިގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަކުރުމާއި ޖިންސީ ގޯނާ ކުރުމުގެ ތުހުމަތެވެ. އަލީ ވަޙީދާ ގުޅޭ މިބާވަތުގެ މައްސަލައެއް މީގެ ދުވަސްކޮޅެއް ކުރިންވެސް ވަނީ މީޑިއާއަށް ފެންމަތިވެފައެވެ. އެއީ ޓުވިޓާގައި މީހަކު ޢާއްމުކުރި އޯޑިއޯ ކްލިޕްތަކެއްގައި، މިނިސްޓަރ ޢަލީވަޙީދު ކަމަށް ބެލެވޭ މީހަކު ހަޑިހުތުރު ބަހުން ބަދުއަޚުލާޤީ ވާހަކަތަކެއް ދައްކާފައިވާ މައްސަލައެވެ.

ރޭޕް ކުރުމާއި، ޚާއްޞަކޮށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް މިދުވަސްވަރު އާންމުވެ އެކަންކަމުގެ ކަންބޮޑުވުން ގިނަބަޔަކު ފާޅުކުރަމުންދާ މިދަނޑިވަޅުގައި ސަރުކާރުންދަނީ މިކަމުގައި ވަކި މީހެއްގެ މޫނަކަށް ބެލުމެއްނެތި މައްސަލަތައް އިންސާފުވެރިކޮށް ބަލާނެކަމަށް ބުނަމުންނެވެ. ނަމަވެސް މައްސަލަތައް ނުބެލި ލަސްވާ މައްސަލާގައި މިއަދުވެސް މާލޭގެ މަގުތަކުގައި ވަނީ މުޒާހަރާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


-6

އައިސް

11-Jul-2020

ލާދީނީ ބަދުއަޚުލާގީ ސަރުކާރުގެ ވެރިންގެ ނުބައި އަމަލު ތައް ބޭޒާރު ކުރައްވާ ކުޑަކަކުލަށް ތިރި ކުރެއްވުން އެދިﷲ ގެ ޙަޟުރަތުގައި ދަންނަވަން..


6

އައި

11-Jul-2020

ބަޔަކު އެރުވި އިރުވެސް އެނގޭނެ ޖާހިލު ލާދީނީ ސައިތޯނުން ކަން ވޯޓް ލީ މީހުން ޒިންމާ ނަގަން ޖެހޭ...


6

ބަންޑޭރި

11-Jul-2020

އެމީހަކު ކުރިއަމަލެއްގެ ޒިންމާ އެމީހަކު ނަގަންޖެހޭނެ. ހެޔޮއަމަލަށް ސަވާބު ނުބައިއަމަލަށް ޢަޒާބު.


-4

ބަންޑޭރި

11-Jul-2020

ޫ މުއައްސަސާތަކުގެ ވެރިންނާއި، މުއައްސަސާތައް ހިންގަން ތިއްބެވި ބޭފުޅުން ނާތަހުޒީބް އަމަލުތައް ހިންގުމަކީ ބަލައި ގަނެވޭނެ ކަމެއްނޫން ޭޭ ސަހީމް ވިދާޅުވީމާ ހާދަބަޔަކުހޭނެ. އަންނަނީހިނި ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާ


1

ބަންޑޭރި

11-Jul-2020

ޫ މުއައްސަސާތަކުގެ ވެރިންނާއި، މުއައްސަސާތައް ހިންގަން ތިއްބެވި ބޭފުޅުން ނާތަހުޒީބް އަމަލުތައް ހިންގުމަކީ ބަލައި ގަނެވޭނެ ކަމެއްނޫން ޭޭ ސަހީމް ވިދާޅުވީމާ ހާދަބަޔަކުހޭނެ. އަންނަނީހިނި ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާ



ޓްރެންޑިން