ކޯވިޑް-19 ސާމްޕަލް ނެގުމުގައި ޙަރަކާތްތެރިވާ ޓީމެއް
ކޯވިޑް-19 ސާމްޕަލް ނެގުމުގައި ޙަރަކާތްތެރިވާ ޓީމެއް
ކޯވިޑް-19 ގެ ކާރވް ފްލެޓް ނުވެ ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވާން ފަށައިފިއެވެ.

ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، އިއްޔެގެ 18:00 އިން މިއަދުގެ 18:00 އަށް ޖުމްލަ 64 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި މިއާއެކު މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު 2238 އަރާފައިވާ ކަމަށެވެ.

އަލަށް ކޯވިޑް-19 އަށް ޕޮޒިޓިވްވި 64 މީހުންގެ ތެރޭގައި ހިމެނެނީ، 44 ދިވެހިންނާއި، 17 ބަނގްލަދޭޝް މީހުންނާއި އިންޑިޔާގެ 2 މީހުންގެ އިތުރުން ނޭޕާލް މީހެކެވެ.



ރާއްޖެއިން ކޯވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން މިއަދު ރަނގަޅު ވި މީހުންގެ އަދަދަކީ 11 އެވެ. ރާއްޖެއިން މިހާރު 2238 މީހުން ބަލިން ރަނގަޅުވެފައި ވާއިރު، ރާއްޖެ ވަނީ އާ އާންމު ހާލަތަށް ހުޅުވާލާފައެވެ. މިވަގުތު ކަރަންޓީންގައި 97 މީހުން ތިބިއިރު، އައިސޮލޭޝަންގައި ތިބީ 300 މީހުން ކަމަށް އެޗްޕީއޭއިން ބުނެއެވެ. މިބަލީގައި ރާއްޖޭގައި މިހާރު ފަރުވާ ހޯދަމުން ދަނީ 361 މީހެކެވެ.

ކޯވިޑް-19 ޖެހިގެން މިހާތަނަށް ރާއްޖެއިން މަރުވީ 13 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 8 ދިވެހިންނާއި 5 ބިދޭސީންނެވެ. 8 ދިވެހިންގެ ތެރޭގައި 4 ފިރިހެނުންނާއި 4 އަންހެނުން ހިމެނޭ އިރު އެއީ މުޅިންވެސް ދޮށީ އުމުރުގެ މީހުންނެވެ. މަރުވި ދިވެހިންގެ ތެރޭގައި ހިމެނެނީ 83 އަހަރުގެ އަންހެނަކާއި 89 އަހަރުގެ އަންހެނަކާއި 70 އަހަރުގެ އަންހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކާއި 92 އަަހަރުގެ ފިރިހެނަކާއި 80 އަހަރުގެ ފިރިހެނަކާއި 70 އަހަރުގެ ދިވެހި އަންހެނެކެވެ.

މަރުވި ބިދޭސީ މީހުންގެ ތެރޭގައި ހިމެނެނީ 43 އަހަރުގެ ފިލިޕީންސް އަށް ނިސްބަތްވާ ފިރިހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 45 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން