އއ. ތޮއްޑޫ - އެރަށުން 9 އަހަރުގެ ކުޑަ ކުއްޖަކު މިއަދު ވަނީ ކޯވިޑް-19 އަށް ފައްސިވެފައި
އއ. ތޮއްޑޫ - އެރަށުން 9 އަހަރުގެ ކުޑަ ކުއްޖަކު މިއަދު ވަނީ ކޯވިޑް-19 އަށް ފައްސިވެފައި
މާލެ އިން އއ. ތޮއްޑޫއަށް ގޮސް ހޯމް ކަރަންޓީންގައި ހުރި 9 އަހަރުގެ ކުޑަ ކުއްޖަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެ ރަށުން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ އުމުރުން ނުވަ އަހަރުގެ ކުޑަ އަންހެން ކުއްޖެއް ކަމަށާއި، އޭނާ ޕޮޒިޓިވްކަން އެނގުނީ މާލެ އިން އެ ރަށަށް ގޮސް 14 ދުވަހުގެ ކަރަންޓީން ހަމަވުމުން ނެގި ސާމްޕަލް ޓެސްޓް ކުރުމުން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އެ ކުއްޖާއާ އެކު އިތުރު ހަތަރު މީހުން މާލެ އިން އެ ރަށަށް ގޮސް އެއް ގެއެއްގައި ވަނީ ކަރަންޓީންވެފައެވެ. އެ ކުއްޖާ ފިޔަވައި އެހެން އެންމެންގެ ސާމްޕަލް ވަނީ ނެގެޓިވް ވެފައެވެ. ނަމަވެސް އެ ކުއްޖާ ކޮވިޑަށް ޕޮޒިޓިވްވުމުން ދެން ތިބި މީހުން ވެސް އަނެއްކާ ވެސް ވަނީ 14 ދުވަހުގެ ކަރަންޓީނަށް ދާން ޖެހިފައެވެ.

ތޮއްޑޫގެ އިތުރުން އިއްޔެ ވަނީ ހދ. ނޮޅިވަރަމްގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ވެސް ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި އޭނާއާ އެކު އެއް ގެއެއްގައި އުޅެމުން ދިޔަ އިތުރު މީހަކު ވެސް މިއަދު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

ރާއްޖެއިން މިއަދު 64 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 2238 އަރައިފައެވެ.


ކިޔުންތެރިންގެ ހިޔާލު


7

ތިމަންނަ

11-Jul-2020

ދިވެހި ޒުވާނުންގެ "ގަޓް" ތަންކޮޅެއް " ތިރި" ކޮށްލާ އަދި ބަންގާޅީން "ކޮންޓްރޯލް" ނުކުރާނަމަ , ކޮވިޑް ރާއްޖެ ފަތަޙަ ކުރާނެއެވެ.



ޓްރެންޑިން