މިއަދުގެ ހުކުރު ނަމާދު އިމާމުވެ ޑރ އިޔާޒް ކުރަށްވަނީ
މިއަދުގެ ހުކުރު ނަމާދު އިމާމުވެ ޑރ އިޔާޒް ކުރަށްވަނީ
ނަމާދަށް ސަފު ހެދުމުގައި ގައިދުރުކުރަންވީ ސަބަބެއް ރާއްޖޭގައި ނެތްކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ތިން މަސް ދުވަހަށް ފަހު މާލޭގައި އިއްޔެ ޖަމާޢަތުގައި ހުކުރު ނަމާދު ކޮށްފައިވާއިރު، ގިނަ ޢަދަދެއްގެ މީހުން ވަނީ ހުކުރު ނަމާދުގެ ޖަމާޢަތުގައި ބައިވެރިވެފައެވެ. ނަމަވެސް ހުކުރު ނަމާދަށް ދިޔަ ގިނަ މީހުން މުސައްލަ ނުގެންދިއުމާއި، މާސްކް ނޭޅުންފަދަ ކަންކަމުގައި ބައެއް ޢާއްމުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެކަމާ ގުޅިގެން ޑރ. އިޔާޒް ކުރަށްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، ހަމައެކަނި ނަމާދަށް ސަފު ހަދާއިރު ގައިދުރުކޮށްގެން ނުފުދޭނެ ކަމަށެވެ. ބޮޑަށް ބެލެވޭ ގޮތުގައި ޑރ. އިޔާޒް އިޝާރާތް ކުރަށްވާފައި އެވަނީ، ސަރުކާރުން ދިން ލުއި ތަކާއެކު ހޮޓާތަކާއި، ޢާއްމު އެހެނިހެން ތަންތަނުގައި ގައިދުރުކަމެއްނެތި ޢާއްމުން ޙަރަކާތްތެރިވާތީ އެކަމަށް އިޝާރާތް ކުރަށްވައެވެ.

އެގޮތުން ޑރ. އިޔާޒް ވަނީ، ބަލި ފެތުރެނީ މިސްކިތުގައި ހޭދަކުރާ ކުޑަ ވަގުތުކޮޅުގެ ސަބަބުންތޯ ސުވާލު ކުރައްވާފައެވެ. އަދި ޢާއްމު ދިރިއުޅުމުގައި ގައިދުރުކަމެއް ނެތިފައި މިސްކިތަށް އަރާ ގަޑީގައި ގައިދުރުކަން ބަހައްޓަން ބުނުމަކީ ހަމަޖެހޭ ކަމެއް ނޫންކަމަށް އިޔާޒް ވިދާޅުވިއެވެ.

"ނަމާދަށް ސަފު ހަދަންވީ ގޮތް ސުންނަތުގައި ވަރަށް ސާފުކޮށް އެބައޮތް. ނަމާދަށް ސަފު ހެދުމުގައި ސޯޝަލް ޑިސްޓެންސިން ބަހައްޓަންޖެހޭ ސަބަބެއް ރާއްޖެއަކު ނެތް." ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު ކޯވިޑް-19 އިން ވެސް އަދި އެނޫން މުސީބާތްތަކުންވެސް ފުރިހަމަގޮތުގައި ސަލާމަތް ވެވޭނީ ޤުރުއާނާއި، ސުންނަތަށް ޢަމަލުކޮށްގެން ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.



މިކަމުގައި ޑރ. އިޔާޒަށް ތާޢީދު ކުރަށްވައި ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިއެއް ކަމަށްވާ ޢަލީ ޒައިދު ވިދާޅުވީ، ހަމައެކަނި ނަމާދުގައި ހޭދަވާ 3 މިނެޓަށް ގައިދުރުކަން ބަހައްޓަންޖެހޭ ސަބަބެއް ރާއްޖޭގައި އޮތްކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ.

މާލޭގައި އިޢުލާނުކޮށްފައިވާ ލޮކްޑައުނަށް ސަރުކާރުން ލުއިތަކެއް ދީފައިވާއިރު، އިއްޔެ އެކަނިވެސް ރާއްޖެއިން ވަނީ 64 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އަދި އޭގެތެރެއިން 44 މީހުންނަކީ ދިވެހިންކަންވެސް ފާހަގަ ކުރެވެއެވެ. އަދި އިއްޔެ ހދ. ނޮޅިވަރަމާއި، އއ. ތޮއްޑޫން ވެސް ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ބަޔަކު ފެނިފައެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މައްޗަށް ދާއިރު އަލުން އަނބުރާ މާލެ ލޮކްޑައުނަށް ގެންދިއުމަށް ގޮވާލާ އަޑުތައްވެސް ވަނީ ގަދަވާން ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-8

މުހައްމަދު އަމުދު

11-Jul-2020

ހަމައެކަނި ނަމާދަށް ސަފު ހަދާއިރު ގައިދުރުކޮށްގެން ނުފުދޭނެ ކަމަށެވެ



ޓްރެންޑިން