މާލޭ އިސްލާމީ މަރުކަޒުގައި ޖަމާއަތުގައި ނަމާޒު ކުރަނީ (ފައިލް ފޮޓޯ)
މާލޭ އިސްލާމީ މަރުކަޒުގައި ޖަމާއަތުގައި ނަމާޒު ކުރަނީ (ފައިލް ފޮޓޯ)
އެކަށީގެންވާ ސަބަބަކަށްޓަކައި ދުރުދުރުގައި ތިބެގެން ސަފު ހަދައިގެން ނަމާދުކުރި ނަމަވެސް ނަމާދު ސައްހަވާނެ ކަމަށް ކުރީގެ ރައީސް، ރައީސް އަލްއުސްތާޒު މައުމޫން އަބުދުއްގައްޔޫމް ވިދާޅުވެއްޖެއެވެ.

ތިން މަހަށް ފަހު މާލޭގެ މިސްކިތްތަކުގައި އިއްޔެ ހުކުރު ނަމާދު ކުރަން ފެށިއިރު، ޖަމާއަތުގައި ނަމާދު ކުރުމުގައި ގައިދުރުކަން ނުބަހައްޓާތީ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެކަމާ ގުޅިގެން ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޖަމާއަތުގައި ނަމާދު ކުރާއިރު ސަފު ހެދުމުގައި އެންމެ ރަނގަޅު ގޮތަކީ ކައިރި ކައިރީގައި ތިބުން ކަމަށެވެ. އެހެން ނަމަވެސް އެކަށީގެންވާ ސަބަބަކަށްޓަކައި ދުރުދުރުގައި ތިބެގެން ސަފު ހަދައިގެން ނަމާދުކުރި ނަމަވެސް ނަމާދު ސައްހަވާނެ ކަމަށާއި، މިހާލަތުގައި ދިމާވެގެން އުޅެނީ އެފަދަ ސަބަބެއް ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

"ދުނިޔޭގެ އެހެން އިސްލާމީ ގައުމުތަކުގައި ވެސް ޖަމާއަތުގައި ސަފު ހަދަނީ ގައިދުރު ކުރުމުގެ އުސޫލާއި އެއްގޮތްވާ ގޮތުގެ މަތިން." ރައީސް މައުމޫން ވިދާޅުވިއެވެ.

ރާއްޖޭގެ މިސްކިތްތަކުގައި ނަމާދުކުރާއިރު، ދުރުދުރުގައި ތިބުން މުހިއްމު ނޫން ކަމަށް ގަބޫލުކުރައްވާ ބައެއް ދީނީ އިލްމުވެރިން ވަނީ ވާހަކަ ދައްކަވާފައެވެ. އެހެންކަމުން މިއީ އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވުން އޮތް މައްސަލައެކެވެ. ބައެއް ޢިލްމު ވެރިންގެ ވާހަކައިން ދޭހަވާ ގޮތުގައި އެބޭފުޅުން ނަމާދުގައި އެކަނި ގައިދުރުކަން ބެހެއްޓުމާމެދު ސުވާލު އުފައްދަވަނީ ދިރިއުޅުމުގެ އެހެން ކަންކަމުގައި ރައްޔިތުން ގައިދުރުކަން ނުބަހައްޓާ އެކަމަށް ސަމާލުކަން ނުދީ، ނަމާދު ކުރާއިރު އެކަނި ގައިދުރުކުރުމުގެ އުސޫލަށް އަމަލުކުރަނީ، ބަލި ފެތުރެނީ ހަމައެކަނި ގައިދުރު ނުކޮށް ނަމާދު ކުރުމުން ކަމަށް މާނަ ކުރެވޭތީ ކަމަށް މާނަކުރެވޭތީއެވެ.

ތިން މަހަށް ފަހު މާލޭގެ މިސްކިތްތަކުގައި އިއްޔެ ހުކުރު ނަމާދު ކުރަން ފެށިއިރު، ޖަމާއަތުގެ ނަމާދާއި ހުކުރު ނަމާދުގައި ވެސް ގައިދުރުކަން ބެހެއްޓިދާނެ ކަމަށް، ދީނީ ބައެއް އިލްމުވެރިން ވެސް ވަނީ ވިދާޅުވެފައެވެ. ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިހާރު މާލޭގައި ކޮވިޑް-19 ގެ ހާލަތު އޮތް ގޮތުން ޖަމާޢަތުގައި ނަމާދު ކުރާއިރު ރަނގަޅު ވާނީ ގައިދުރުކޮށް ތިބެ ނަމާދު ކުރުމުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ޑރ.ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިވަގުތު އިސްލާމީ ދުނިޔޭގެ ޖުމްހޫރު ދަންނަ ބޭކަލުން ދެކެވަޑައިގަންނަވަނީ ބަލި ފެތުރިފައި އޮތް ސަރަހައްދުތަކުގައި އެގޮތައް އަމަލު ކުރުމަށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން