އެސްޓީއޯ އިން ރާއްޖެއަށް އެތެރެކުރާ ބޭސްތައް ލިބުމުގައި ދަތިކަމެއް ކުރިމަތިނުވާނެ ކަމުގެ ޔަޤީންކަން އެކުންފުނިން މިއަދު ދީފިއެވެ.
މިދުވަސްވަރު މާލޭގައި ބޭރަށް ހިންގުމާއެކު ހޮޑުލުމުގެ ވަރުގަދަ ރޯގާއެެއް ފެތުރެމުންދިއުމާ ގުޅިގެން އެސްޓީއޯއިން ބުނެފައިވަނީ އެސްޓީއޯގެ ފާމަސީތަކުން ބޭސްނަގާ މިންވަރު އިތުރުވެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. ނަމަވެސް ބޭސް ހުސްނުވެ ލިބޭނެކަމުގެ ޔަގީންކަން އެކުންފުނިން ވަނީ ދީފައެވެ.
އެސްޓީއޯ އިން ބުނީ އެކުންފުނިން ބޭސް އެތެރެކުރަމުންދަނީ ސިއްހީ ޚިދުމަތްދޭ ފަރާތްތަކާއި ދައުލަތުގެ ކަމާގުޅޭ މުއައްސަސާތަކާ މަޝްވަރާކުރެވިގެން ރާއްޖެއަށް ބޭނުންވާނެ މިންވަރު ދެނެގަނެވި އިސްރާފުވެސް ކުޑަވާނެ ގޮތަށް ބަލައިގެން ކަމަށެވެ. އަދި އެކުންފުނިން އެތެރެކުރާ ބޭހުގެ ފެންވަރާމެދު ސުވާލެއްވެސް ނުއުފުދޭ މިންވަރަށް މޮނިޓަރ ކުރާކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
މިއީ ކޮންމެ އަހަރަކުވެސް ރާއްޖޭގައި މޫސުމީ ރޯގާ ޢާއްމުކޮށް ފެތުރޭ ދުވަސްވަރަށް ވުމާއެކު މިދުވަސްވަރަށް ބޭނުންވާ ބޭސްތައް އަބަދުވެސް ހުސްނުވެ ފޯރުކޮށްދެމުންދާކަން އެސްޓީއޯއިން ފާހަގަ ކޮށްފައިވެއެވެ.
“މިވަގުތު ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާއާއެކު، އެފަދަ ރޯގާތަކަށް އާއްމުކޮށް ދެވޭ ބޭސްތަކުގެ ޑިމާންޑް އިތުރުވެފައިވީ ނަމަވެސް މި ކުންފުނިން އެތެރެކުރާ ބޭސްތައް ލިބުމުގައި ދަތިކަމެއް ނެތްކަމުގެ ޔަގީންކަން އަރުވަމެވެ.” އެސްޓީއޯއިން މީޑިއާތަކަށް ފޮނުވި މެސެޖުގައި ވެއެވެ.
ހެލްތް މިނިސްޓްރީންވެސް މިއަދު ބުނެފައިވަނީ މާލެ ސަރަޙައްދުގައި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ކޭސްތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި އެކި ފިހާރަތަކުންނާއި ފާމަސީތަކުން އޯއާރްއެސް ލޮނު ޕެކެޓު ހުސްވި ނަމަވެސް ސްޓޮކްގައި 10،000 އަށްވުރެ ގިނައިން އެބަހުރި ކަމަށެވެ. އަދި އެތަކެތި ހުސްވެފައިވާ ފިހާރަތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ހެލްތް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
މިދުވަސްވަރު މާލޭގައި ބޭރަށް ހިންގުމާއެކު ހޮޑުލުމުގެ ވަރުގަދަ ރޯގާއެެއް ދަނީ ފެތުރެމުންނެެވެ. އެގޮތުން ވަރަށް ގިނަ އަދަދެއްގެ ކުދިން ބަލިވެގެން އައިޖީއެމް ހޮސްޕިޓަލާއި އޭޑީކޭ އަދި ސެނަހިޔާ ހޮސްޕިޓަލުމް ފަރުވާ ހޯދަމުން ދާކަމަށް މައުލޫމާތު ލިބިފައި ވެއެވެ. އެއާއެކު ހޮސްޕިޓަލްތަކުގެ އީއާރު ފުރި ވަނީ އެމެޖެންސީ ހާލަތަށް އައިސްފައެވެ.

ކިޔުންތެރިންގެ ހިޔާލު