ރާއްޖޭގެ ދެކުނުގެ ސަރަޙައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް) އޮފީހުން ހުދު ސަމާލު ނެރެފިއެވެ.
މިއަދު ހެނދުނު 8:45 އިން ފެށިގެން މެންދުރު 14:45 އާ ހަމައަށް ދެކުނަށް ވަނީ ހުދު ސަމާލު ނެރެފައެވެ. ހުދު ސަމާލު ނެރެފައިވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫސިޓީއާ ހަމައަށެވެ. މި ސަރަޙައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓުން ލަފާ ކުރެއެވެ.
މިދުވަސްވަރަކީ ރާއްޖެއަށް ހުޅަނގު މޫސުމުގެ ގަދަ ދުވަސްވަރެވެ. އެހެންކަމުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ޢާންމުކޮށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވެ ކަނޑުގަދަވާ ވަގުތުތަކަށް ސަމާލުވުމަށާއި ކަނޑުދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ކޯސްޓުގާޑުން އިލްތިމާސްކުރެއެވެ.

Alert white for heavy rain and thunderstorms. pic.twitter.com/PCJvlzdueE
— Maldives Meteorology (@MetMaldives) July 29, 2023
މިދުވަސްވަރަކީ ރާއްޖެއަށް ހުޅަނގު މޫސުމުގެ ގަދަ ދުވަސްވަރެވެ. އެހެންކަމުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ޢާންމުކޮށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވެ ކަނޑުގަދަވާ ވަގުތުތަކަށް ސަމާލުވުމަށާއި ކަނޑުދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ކޯސްޓުގާޑުން އިލްތިމާސްކުރެއެވެ.
ކިޔުންތެރިންގެ ހިޔާލު