މާލެ ސަރަހައްދުގައި މިހާރު ފެތުރެމުންދަނީ ނޯރޯވައިރަސްގެ ރޯގާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފި އެވެ.
އެޗްޕީއޭ އިން ބުނީ މިހާރު ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާއަކީ ހަލުވިކަމާއެކު ފެތުރޭ ނޯރޯވައިރަސް ކަމަށާއި ހާއްސަކޮށް ބަންދު ތަންތަނުގައި ނުވަތަ ގިނަ މީހުން އެއްވެ ތިބޭ ތަންތަނުގައި ވަރަށް ފަސޭހައިން އެ ވައިރަސް ފެތުރޭ ކަމަށެވެ.
މި ރޯގާއިން ރައްކާތެރިވުމަށް ރަނގަޅަށް ސައިބޯނި ލައިގެން ގިނަގިނައިން އަތް ދޮވުމަށް އެޗްޕީއޭ އިން ވަނީ އިރުޝާދުދީފަ އެވެ. ނަމަވެސް ހޭންޑް ސެނިޓައިޒާ އެކަނި ބޭނުންކުރުމުން ނޯރޯވައިރަސްއިން ރައްކާތެރި ނުކޮށްދޭ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ހޮޑު އަދި ބޮޑުކަމުދާ ތަކެތި އެޅިފައިވާ ތަންތަން ސާފުކުރާއިރު ސަމާލުވުމަށް އެޗްޕީއޭ އިން ވަނީ އެދިފަ އެވެ. ހަމައެއާއެކު ރޯގާގެ އަލާމާތެއް ހުރިނަމަ ކާބޯތަކެތި ތައްޔާރުކުރުމުގައި ބައިވެރިނުވާން އެޗްޕީއޭ އިން އިލްތިމާސް ކޮށްފައިވެއެވެ.
އެޗްޕިއޭއިން ބުނީ މިދިޔަ 2 ހަފްތާއެއްހާ ދުވަހު ހޮޑުލުމާއި ބޭރަށް ހިންގުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އަދި ހޮޑުލުމާއި ބޭރަށް ހިންގާތީ ގިނަ ބަޔަކު މާލެ ސަރަހައްދުން ޑޮކްޓަރަށް ދައްކާފައިވާއިރު، އޭގެތެރޭގައި ގިނައީ 12 އަަހަރުގެ ކުދިންކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު