އުމަރު ނަސީރު
އުމަރު ނަސީރު
ރާއްޖޭގެ ވެރިކަމަށް އެތައް ރައީސުން އަރައި ފައިބައިފި ކަމަށާއި، އެހެން ނަމަވެސް ކޮރަޕްޝަނަށް ހުއްޓުމެއް ނާންނަ ކަމަށް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަން އިއުލާނު ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެއެވެ.

އުމަރު ނަސީރު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޮރަޕްޝަންގެ ސަބަބުން ފަގީރުން އިތުރަށް ފަގީރުވެ، ސިޔާސީ ގުޅުންތަކުގެ ތެރެއިން އެތަށް ބަޔަކު މުއްސަނދިވެގެން ދާކަމަށެވެ. ޢުމަރު ވަނީ ކޮރަޕްޝަންގެ ސަބަބުން ދައުލަތަށް ލިބޭ ގެއްލުމުގެ މިސާލެއް ވެސް ހާމަކުރައްވާފައެވެ.

"ޕީ.ސީ.އާރު ޓެސްޓެއް އޭޑީކޭ އިން ހަދައިދެނީ 675 ރުފިޔާ އަށް. ހަމަ މި ޓެސްޓް ހެދުމަށް އައިޖީއެމްއެޗުން ޚަރަދުވަނީ 3000 ރުފިޔާ. މިއީ ކޮރަޕްޝަންގެ އެތައް ލޭޔަރެއް ވަނުމުގެ ސަބަބުން ދައުލަތަށް ލިބޭ ގެއްލުމުގެ ކުޑަ މިސާލެެއް." އުމަރު ވިދާޅުވިއެވެ.

އުމަރު ވަނީ އޭނާއާއެކު ގައުމު އާ މިސްރާބަކަށް ގެންދިޔުމަށް މަސައްކަތް ކުރުމަށް ދިވެހި ރައްޔިތުންނަށް ގޮވާލައްވާފައެވެ.

"އަމާނަތްތެރިކަމާއި، އަދުލުވެރިކަމާއި ހީވާގި ކަމާއެކު ދައުލަތް ހިންގައިގެން މިރާއްޖެ މުޅިން އާ މިސްރާބަށް ގެންދަން އަޅުގަނޑާއެކު ހިންގަވާ." އަންނަ ރިޔާސީ އިންތިޚާބުގައި ގައުމުގެ ރައީސް ކަމުގެ މަގާމަށް އޭނާ އިންތިޚާބު ކޮށްދެއްވުމަށް ރައްޔިތުންގެ އަރިހުން އެދިވަޑައިގެން އުމަރު ވިދާޅުވިއެވެ.

އުމަރު ގެންދަވަނީ އޭނާގެ ވެރިކަމެއްގައި ގެންގުޅުއްވާނެ ސިޔާސަތުތައް ސޯސަލް މީޑިޔާގެ އެކި ވަސީލަތްތައް މެދުވެރިކޮށް އާންމުކުރައްވަމުންނެވެ. އުމަރުގެ އިތުރުން އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން މިހާތަނަށް އިޢުލާން ކުރައްވާފައި ވަނީ އެމްޑީޕީގެ ކުރީގެ ނާއިބް ރައީސް އަލްހާން ފަހުމީއެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ސުމޯން

12-Jul-2020

ރާއްޖެ ދަތުރު ކުރާ މިސްރާބު ވެރިމީހަށް ބުނެދޭންވެސް ނޭގި އޮޔާދާ އިރު ރައްޔިތުން ގަރަގު ވުމުގެ ކުރިން ގޮތްދޫކޮށް ސަލާމަތުގެ އައްސޭރިއަކަށް އެރުމަށްޓަކައި މި ވަގު ޖާހިލުން ދުރުކުރުމަށް ޓަކައި އުމަރުގެ ފަހަތަށް އަރުއްވާ . ދީނާ ގައުމާއި ދަރިފަސްކޮޅުގެ ޙައްޤުގަ.


-8

ޙަސަން ބުޝްރީ

12-Jul-2020

ޢުމަރުނަސީރަށް ހީވާކަހަލަ ތިމަންނަމީ ރައްޔިތުން ފިސާރި ބަލައިގަންނަ މީހެކޭ. ޤައުމަށް ކަމެއްކޮށްދެވެނީ ހަމައެކަނި ރައީސްކަމަކުންނޫން. ގިނަރައްޔިތުން އުމަރު ދެކެނީ މަމޮޅުވެގެންއުޅޭ ފެންވަެއްނެތް މީހަކަށް.


-13

ބަނޑޭރި

11-Jul-2020

އަސްލާމިކް ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަށް 2008 ގެ ފުރަތަމަ ބުރުގައި ލިބިވަޑައިގަތީ ޕާޓީގެ އޭރުގެ 9800 މެމްބަރުންގެ %18 މުޅި ރާއްޖޭގެ ވޯޓުގެ %0.8 1800ވޯޓް ލަދުން ބޯހަލާކު.


8

ބަނޑޭރި

11-Jul-2020

އަސްލާމިކް ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަށް 2008 ގެ ފުރަތަމަ ބުރުގައި ލިބިވަޑައިގަތީ ޕާޓީގެ އޭރުގެ 9800 މެމްބަރުންގެ %18 މުޅި ރާއްޖޭގެ ވޯޓުގެ %0.8 1800ވޯޓް ލަދުން ބޯހަލާކު.



ޓްރެންޑިން