ޝައިހް އަލީ ޒައިދު
ޝައިހް އަލީ ޒައިދު
ނަމާދު ކުރާއިރު އެހެން މީހުންގެ މުސައްލަ ބޭނުންކުރުން ހުއްޓުވަން ސިފައިން ނެރެންޖެހޭ ކަމަށް މަޝްހޫރު ދީނީ އިލްމްވެރިޔާ ޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން މިހާރު އަމަލު ކުރަމުން ގެންދާ އައި އާންމު އުސޫލުތަކާއެއްގޮތަށް ނަމާދުގެ ޖަމާއަތް ހެދުމަށް އިސްލާމިކް މިނިސްޓްރީ އިން އިރުޝާދު ދީފައިވަނީ ނަމާދަށް ދާއިރު ގެއިން ވުޟޫކޮށްގެން ދިއުމަށާއި ގެއިން މުސައްލަ ހިފައިގެން ދިޔުމަށެވެ. އަދި އެމީހެއްގެ މުސައްލަ ނޫން އެހެން މުސައްލަ ބޭނުން ނުކުރުމަށް ވެސް އަންގާފައިވެއެވެ.

އެކަމާ ގުޅިގެން މަޝްހޫރު ދީނީ އިލްމްވެރިޔާ ޝައިހް އަލީ ޒައިދު ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، ގެއިން މުސައްލަ ގެންދިޔުމަށާއި، އެހެން މީހުންގެ މުސައްލަ މަތީގައި ނަމާދު ނުކުރުމަށް އިސްލާމިކް މިނިސްޓްރީން ނިއްމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށެވެ. ބަޔަކު އެކަން ނުކުރާނަމަ ހައްލަކީ ސިފައިން ނެރެގެން ގާޑް ކުރުން ކަމަށް ޝައިހް ޒައިދު ވިދާޅުވިއެވެ.

"ބަޔަކު އަމަލު ނުކުރަންޏާ ދެން ހައްލަކީ ސިފައިން ނެރެގެން ގާޑްކުރުން، މައްކާ މަދީނާ ހަރަމްފުޅު ގާޑް ކުރެވޭ ގޮތަށް." ޝައިހް ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ނަމާދަށް ދާއިރު ގެއިން ވުޝޫ ކޮށްގެން މުސައްލަ ހިފައިގެން ދިޔުމުގެ އިތުރުން މިސްކިތަށް ވަދެ ނުކުތުމުގައި ވެސް ގައިދުރުކަމަށް އިސްކަންދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި ނަމާދުން ނިމިގެން މިސްކިތުގައި މަޑު ނުކޮށް އަވަހަށް ގެއަށް ދިއުމަށްވެސް މިނިސްޓްރީން އަންގާފައި ވެއެވެ. ނަމަވެސް ގިނަ ބަޔަކު މިގޮތަށް އަމަލު ކުރަމުން ނުދާތީ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


10

ދަވާލި19

12-Jul-2020

ދެން އަހަރެމެން ދިވެހިން ކުރާކޮމްމެކަމެއްގެ ފަހަތުގަ އެކަމެއް ހުއްޓުވަން ފުލުހންތިބެންޖެހޭތޯ ކޮމްމެ އިންސާނަކައް ﷲ ސިކުނޑިއެއްދެއްވި ހެވާ މުބައި ވަކިނުވަނީތޯ ހިތާމަހުރި


5

މުހައްމަދު ޒައީމް

11-Jul-2020

ތިއެއްވުރެންރަންގަޅުވާނެ ދީނަށްފުރަސާކުރާމީހު ހައްޔަރުކުރަން ސިފައިންނެރުނިއްޔާ



ޓްރެންޑިން