އަހުމަދު ޝާހް   30 ޖުލައި 2023 - 16:12
އުމްރާއަށް ގޮސް އުޅުނު ދިވެއްސަކު ނިޔާވެއްޖެއެވެ.

އިއްޔެގެ ވަގުތެއްގައި މައްކާގައި ނިޔާވެފައި ވަނީ ޖުލައި އުމްރާ އަށް ގޮސް އުޅުނު ހއ. ދިއްދޫ ފާތިމަތު ސޮބިއްޔާ (43އ) އެވެ.

އޭނާ ނިޔާވެފައި ވަނީ އިއްޔެ ހެނދުނު 11:45 ހާއިރު އެވެ. ސަބިއްޔާ އަކީ ސިއްހީ އެއްވެސް މައްސަލައެއް ހުންނަ މީހެއް ނޫން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ސޮބިއްޔާގެ ކަށުނަމާދު ކޮށްފައިވަނީ ރޭ އިޝާ ނަމާދަށް ފަހު މައްކާގެ މަސްޖިދުލް ހަރަމްގައެވެ.



ކިޔުންތެރިންގެ ހިޔާލު