ކުޑަކުދިންނަށް ދޭ ސިރަޕެއްގައި ނުރައްކާތެރި މާއްދާއެއް އެކުލެވޭތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިލްތިމާސްކޮށްފިއެވެ.

އެމްއެފްޑީއޭއިން ބުނީ، ކުޑަކުދިންނަށް ދޭ ސިރަޕެއްގައި، ސިއްހީ ނުރައްކަލަކަށް ހުށަހެޅިދާނެ މާއްދާއެއް ކަމަށްވާ، "ޑައިއެތިލީން ގްލައިކޯލް އަދި އެތިލީން ގްލައިކޯލް" ހިމެނިފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެ އޮތޯރިޓީއަށް އެލާޓް ކޮށްފައިވާކަމަށެވެ.

އެގޮތުން އިންގްލެންޑުގެ ފްރެކެން އިންޓަނޭޝަނަލްގައި އުފައްދައި ކެމަރޫންގައި ދައުރުވަމުންދާ "ނޭޗަކޯލްޑް" ނަމަކަށް ކިޔާ ކުޑަކުދިންގެ ސިރަޕްގައި "ޑައިއެތިލީން ގްލައިކޯލް އަދި އެތިލީން ގްލައިކޯލް" ހުރިކަމަށް އަންގާފައިވާކަމަށް އެމްއެފްޑީއޭ އިން ވަނީ ބުނެފައެވެ.

މިބޭހަކީ ރާއްޖެއަށް އިމްޕޯރޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ލިސްޓް (އެޕްރޫވްޑް ޑްރަގް ލިސްޓް) ގައި ހިމެނޭ ބޭހެއް ނޫން ނަމަވެސް، ބޭސްސިޓީއަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް މިބޭސް އިމްޕޯރޓް ވުމުގެ ފުރުސަތު އޮތްކަމަށް ވާތީ، މިކަމަށް ސަމާލުވުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސް ކޮށްފައެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ރާއްޖެއަށް އެތެރެކުރާ ބޭސް ހާއްސަ ސަމާލުކަމެއް ދީގެން ޕޯޓްތަކުގައި ބަލައި ފާސްކުރަމުން ދާނެ ކަމަށްވެސް އެމްއެފްޑީއޭ އިން ބުނެފައިވެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން