ކ. ހިންމަފުSi
ކ. ހިންމަފުSi
ކ. ހިންމަފުއްޓަށް ގޮސް ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ، އެމީހާ ޕޮޒިޓިވް ވި ކަން އެނގުނީ އިއްޔެ ކަމަށާއި ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. ހިންމަފުށިން މީހަކު ޕޮޒިޓިވް ވެފައިވާއިރު ތޮއްޑޫގައި ހޯމް ކަރަންޓީނުގައި ހުރި ކުޑަކުއްޖަކުވެސް ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. އަދި ނޮޅިވަރަމުގައި ހޯމް ކަރަންޓީނުގައި ތިބި ދެމީހަކުވެސް ވަނީ ޕޮޒިޓިވް ވެފައެވެ.

ކޯވިޑް-19އާއި ގުޅިގެން މިހާރު އިއުލާންކޮށްފައިވާ ލޮކްޑައުންއަށް ދިން ލުއިތަކާއެކު ބަލީގެ ކޭސްތައް ފެންނަ މިންވަރު ވަނީ އިތުރުވެފައެވެ. އިއްޔެ އެކަނި ވެސް 64 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރޭގައި 44 ދިވެހިން ހިމެނެއެވެ. ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 2238 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން