މަނީލޯންޑަރ ކުރިކަން ސާބިތުވެ ޖަލުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ، ވޮޑަމުލާއާއި ގުޅޭ ގުޅޭގޮތުން ތަހުގީގުގައި ސުވާލުކޮށްފައިނުވާ ކަމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީނުގެ ވަކީލުންގެ ފަރާތުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ޔާމީން ކޯޓުގައި ވޮޑަމުލާ ނަމަކަށް ކިޔާ ފަޅުރަށް ދީފައިވަނީ ކުރީގެ ނައިބުރައީސް އަޙްމަދު އަދީބުގެ ގާތް ދެ އެކުވެރިންނަށް ކަމަށް ވިދާޅުވެފައިވާއިރު، އެމަނިކުފާނަށް ވޮޑަމުލާގެ ވާހަކަ އެނގިވަޑައިގަތީ ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ޝަރީޢަތުގައި ކަމަށް ވިދާޅުވި ވިދާޅުވުމަކީ އިތުރުފުޅެއްކަން ދޭހަވާ ގޮތަށް ބައެއް މީޑިޔާތަކުން ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ރައީސް ޔާމީނުގެ ވަކީލުން ވިދާޅުވެފައިވަނީ ވޮޑަމުލާއާ ގުޅޭ ގޮތުން ތަހުގީގުގައި ރައީސް ޔާމީނާ ސުވާލުކޮށްފައިނުވާ ކަމަށެވެ. އަދި ތަހުގީގު ނިންމައި ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުގައި ދައުވާ އުފުލިއިރުވެސް ވޮޑަމުލާގެ އެއްވެސް ވާހަކައެއް ދައުލަތުން ފާހަގަކޮށްފައި ނުވާ ކަމަށް ވަކީލުންގެ ބަޔާނުގައިވެއެވެ. އަދި ވޮޑަމުލާ އަދީބުގެ ގާތް އެކުވެރިންތަކަކަށް ކުއްޔަށް ދީފައިވާ ކަމުގައި ރައީސް ޔާމީން ވިދާޅުވީ ޤާނޫނީ ޓީމުން ހޯދި ހޯދުމުން ލިބުނު މައުލޫމާތެއް އެމަނިކުފާނާ ހިއްސާކުރުމުން ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.
ހަމައެހެންމެ ވޮޑަމުލާ ވަކި ބަޔަކަށް ކުއްޔަށް ދިނުމަށް ބޭނުންވެގެން ރައީސް ޔާމީން އަރިހުގައި އަދީބު ވިދާޅުވިކަމަށް ނުވަތަ އެދިވަޑައިގެންނެވިކަމަށް ހައިކޯޓުގެ ޝަރީޢަތުގައި ރައީސް ޔާމީން ވިދާޅުނުވާ ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ. އަދި ރައީސް ޔާމީން ހައިކޯޓުގައި އިތުރުފުޅެއް ނުހައްދަވާ ކަމަށްވެސް އެބަޔާނުގައިވެއެވެ.
ރައީސް ޔާމީނުގެ ވަކީލުންގެ ފަރާތުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޚަބަރު ގެނެސްދިނުމުގައި ތެދު މައުލޫމާތު ގެނެސްދިނުމަކީ ޤާނޫނީ ގޮތުން ބްރޯޑްކާސްޓަރުންގެ ޒިންމާއެއް ކަމަށެވެ. އަދި ޚަބަރެއް ގެނެސްދިނުމުގެ ކުރިން ޚަބަރުގެ ތެދު ދޮގު ބެލުމަށް އޮތުމާއެކު، ދައުލަތުގެ މީޑިޔާއިން ރައީސް ޔާމީނާމެދު ނުބައި ތަސައްވުރެއް އުފެދޭ ގޮތަށް ރިޕޯޓުކުރުމަކީ ހިތާމަކުރާ ކަމެއް ކަމުގައިވެސް އެބަޔާނުގައި ބުނެފައިވެއެވެ.
ދައުލަތުން ބުނެފައިވަނީ އެސްއޯއެފްއިން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރަކީ ގދ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން އެމްއެމްޕީއާރްސީއަށް ލިބުނު ފައިސާ ކަމަށެވެ. ހައިކޯޓުގައި ކުރިއަށް ދިޔަ އިސްތިއުނާފް ޝަރީއަތުގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ އެއީ އެ ފައިސާ ނޫންކަން ބަޔާންކޮށް ދެއްވައި ދިފާއުގައި ގިނަ ވާހަކަ ތަކެއް ދައްކަވާފައެވެ. އެގޮތުން އެމަނިކުފާނާ ވޮޑުމުލާއާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި އެއީ އޮންނަ ރަށެއްކަން ވެސް އެނގިވަޑައިގެންނެވީ ކުރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ. އަދި، އެމަނިކުފާނާ ވޮޑުމުލާއާ ދައުލަތުން ގުޅުވަނީ އެއްވެސް އަސާސެއް އޮވެގެން ނޫން ކަމަށް ވެސް ޔާމިން ވިދާޅުވި އެވެ.
"މި މައްސަލަ ބެލި ފުލުހުންނަށް އެނގޭނެ ވޮޑުމުލާ ލިބިފައި އޮތީ ކޮން ބަޔަކަށްކަން، އެ ރަށަށް ބޭރުގެ ބަޔަކަށް ދިނުމުގައި އުޅުނީ އަދީބުގެ ގާތް އެކުވެރިން، އެ ރަށް ލިބުނީ އަދީބުގެ ވަރަށް ގާތް ދެ އެކުވެރިންނަށް،" ރައީސް ޔާމީން ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު