މާވަށަށް އުދައެރުމުގެ ސަބަބުން ބޮޑެތި ގެއްލުން ތަކެއް ދަނީ ލިބެމުން (ފޮޓޯ- އެމްއެންޑީއެފް)
މާވަށަށް އުދައެރުމުގެ ސަބަބުން ބޮޑެތި ގެއްލުން ތަކެއް ދަނީ ލިބެމުން (ފޮޓޯ- އެމްއެންޑީއެފް)
ރާއްޖޭގެ ކަނޑުތައް ގަދަވުމުގެ ސަބަބުން ލ. މާވަށަށް އުދަ އަރައި ލިބުނު ގެއްލުމުގެ ސަބަބުން ސޭފް އައިލެންޑް ކޮންސެޕްޓް އެންމެ ފުރަތަމަ ލިބޭ އެއް ރަށެއްގެ ގޮތުގައި މާވަށް ހިމެނޭނެ ގޮތަށް ބާރު އަޅުއްވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، މާވަށަށް އުދަ އަރައި، ވަމުންދާ ގެއްލުމުގައި ރައްޔިތުންނާއި އެކީ ސިފައިންނާއި ފުލުހުން ކުރަމުން ގެންދާ މުހިންމު މަސައްކަތް ފާހަގަކޮށް އެފަރާތްތަކަށް ޝުކުރުވެރިވާ ކަމަށާއި ގައުމީ ކޮންމެ ކަންބޮޑުވުމެއްގައި މި ދެ މުއައްސަސާ ދައްކަނީ ލާމަސީލު މިސާލެއް ކަމަށެވެ.

މޫސުމީ ބަދަލުތަކުން މާވަށަށް އުދައެރުން ފަދަ ކަންކަން ދިމާވާތީ ސޭފް އައިލޭންޑް ކޮންސެޕްޓްގައި ފުރަތަމަ ހިމަނަން ޖެހޭ އެއްރަށަކީ މާވަށް ކަމަށް ސައީދު ވިދާޅުވިއެވެ.

މޫސުމީ ބަދަލުތަކުން މާވަށަށް އުދައެރުން ފަދަ ކަންކަން ދިމާވާތީ ސޭފް އައިލޭންޑް ކޮންސެޕްޓްގައި ފުރަތަމަ ހިމަނަން ޖެހޭ އެއް ރަށަކީ މާވަށް ކަމަށް ސައީދު ވިދާޅުވިއެވެ.

"މޫސުމީ ބަދަލުތަކުގައި އަންނަ އުދަ އެރުން ފަދަ ކަންކަމުގައި ލިބޭ ގެއްލުން ބޮޑު ވެދާނެ ރަށަކަށް ވާތީ، ސޭފް އައިލޭންޑް ކޮންސެޕްޓް އެންމެ ފުރަތަމަ ލިބެންޖެހޭ އެއް ރަށްކަމުގައި ދެކި، އެ މަސައްކަތައް ބާރު އަޅާނަން." ސައީދު ވިދާޅުވިއެވެ.

މާވަށަކީ ފުރިފައި އޮންނަ ރަށެއް ކަމުން އަތިރިމައްޗާއި ކައިރީގައި ހުންނަ ގެތައް އެރަށުގައި ގިނަވުމުން އުދަ އަރާ ވަގުތުތަކުގައި އެންމެ ބޮޑު ގެއްލުންތަކެއް ލިބެނީ އަތިރިމަތީގައި ހުންނަ ގެތަކަށް ކަން ފާހަގަކޮށްލެވެއެވެ. މިހާރު އުދަ އަރައި ގެއްލުން ލިބުނު ރަށްރަށުގެ ތެރޭގައި މާވަށް ހިމެނޭއިރު، އެރަށަށް އުދަ އަރާ ރަށުގެ ގޭގެއަށް ފެންވަދެ، ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މި ގެއްލުންތައް އެރަށު ކައުންސިލުން ސިފަ ކޮށްފައިވަނީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ލިބުނު ގެއްލުމަށްވުރެ ބޮޑު ގެއްލުމެއްގެ ގޮތުގައެވެ.

މާވަށަކީ ހިކި ދިޔައިގައި ވެސް އުދަ އަރަމުން އަންނަ ރަށެއް ކަމުން މިހާރު ދިޔަވަރު ބޮޑުވާ ދުވަސްވަރާ ކައިރިވުމުން ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް ކައުންސިލް ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން