ސާބިއާ އިން 1990 ގެ އަހަރުތަކުގައި ބޮސްނިއާގައި ހިންގާފައިވާ ބޮޑު ގަތުލް އާންމުގައި މަރާލި 8،000 މުސްލިމުންގެ ހައްގުގައި އެފަދަ ޖަރީމާއެއް ތަކުރާރުވިއަ ނުދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މުޅި ދުނިޔެއަށް މިއަދު ގޮވާލައްވައިފިއެވެ.
ބޮސްނިއާގައި 1992އިން 1995 އަށް ކުރި ހަނގުރާމައިގައި ސާބިއާ ސިފައިން ވަނީ ސްރެބެނިއްޒާގައި، 1995 ވަނަ އަހަރު ބޮސްނިއާގެ 8،000 މުސްލިމުން ޝަހީދު ކޮށްލާފައެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމަ އަށްފަހު ޔޫރަޕުގައި ހިންގި އެންމެ ބޮޑު ގަތުލްއާންމެވެ.
އެ ޖަރީމާއަށް މިއަދު 25 އަހަރު ފުރިފައިވާއިރު، ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި އެހާދިސާގެ ހަނދާން ވަނީ އާކުރައްވާފައެވެ. އެމަނިިކުފާނު
ވިދާޅުވީ ބޮސްނިއާގައި ހިންގާފައިވާ ބޮޑު ގަތުލް އާންމުގައި 8،000 އަށް ވުރެ ގިނަ މުސްލިމު ފިރިހެނުންނާއި ފިރިހެންކުދިން މަރާލިއިރު އެކަން ހުއްޓުވުމަށް މުޅި ދުނިޔެ ނުކުޅެދުނު ކަމަށެވެ.
"އެކަމަކު އެ ގަތުލު އާންމުގައި މަރާލި މީހުންގެ ހަނދާން އެންމެ އެކަށީގެންވާ ގޮތެއްގައި އާ ކުރެވޭނީ، އެ ފަދަ އިންސާނިއްޔަތާ ހިލާފު އަމަލެއް ދެން ނުހިންގޭނެކަން ކަށަވަރުކޮށްގެން." ރައީސް ސޯލިހު ކުރެއްވި ޓުވީޓްގައިވެއެވެ.
ރެބެނިއްޒާގައި ހިމާޔަތް ހޯދައިގެން ތިބި އެތަކެއް ހާސް މުސްލިމުން މަރަމުންދިއައިރު، އދގެ ސުލްހަ ބަލަހައްޓަން ތިބި ސިފައިންނަށްވެސް އެކަން ހުއްޓުވަމަށް ވަނީ ނުކުޅެދިފައެވެ.
މުސްލިމު ފިރިހެނުންނާއި ކުދިން މަރަމުންދިއައިރު، އަންހެނުންނާއި އަންހެން ކުދިން ސާބިއާ ސިފައިން ދިއައީ ރޭޕްކޮށް ލާއިންސާނީ އަނިޔާވެރި އެތައް އަމަލުތަކެއް ހިންގަމުންނެވެ.
އދ. ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ކޯފީ އަނާން ވިދާޅުވެފައިވާ ގޮތުގައި، ސްރެބެނިއްޒާގެ ޖަރީމާއަކީ އދގެ ތާރީހުން ވެސް ނުފިލާ ވަރުގެ ލައްގަނޑެއް ކަމަށެވެ.
ބޮސްނިއާ ހަނގުރާމައިގެ ގަތުލްއާންމުގައި ސާބިއާގެ ސީދާ ބައިވެރިވުމެއް ނެތް ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ވަނީ 2007 ވަނަ އަހަރު ނިއްމާފައެވެ.

Today marks the 25th anniversary of the brutal massacre of over 8000 Muslim men and boys at Srebrenica, Bosnia-Herzegovina. Even though the world failed to prevent the genocide, we must honour the memory of those slain by ensuring such crimes against humanity are never repeated.
— Ibrahim Mohamed Solih (@ibusolih) July 11, 2020
ރެބެނިއްޒާގައި ހިމާޔަތް ހޯދައިގެން ތިބި އެތަކެއް ހާސް މުސްލިމުން މަރަމުންދިއައިރު، އދގެ ސުލްހަ ބަލަހައްޓަން ތިބި ސިފައިންނަށްވެސް އެކަން ހުއްޓުވަމަށް ވަނީ ނުކުޅެދިފައެވެ.
މުސްލިމު ފިރިހެނުންނާއި ކުދިން މަރަމުންދިއައިރު، އަންހެނުންނާއި އަންހެން ކުދިން ސާބިއާ ސިފައިން ދިއައީ ރޭޕްކޮށް ލާއިންސާނީ އަނިޔާވެރި އެތައް އަމަލުތަކެއް ހިންގަމުންނެވެ.
އދ. ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ކޯފީ އަނާން ވިދާޅުވެފައިވާ ގޮތުގައި، ސްރެބެނިއްޒާގެ ޖަރީމާއަކީ އދގެ ތާރީހުން ވެސް ނުފިލާ ވަރުގެ ލައްގަނޑެއް ކަމަށެވެ.
ބޮސްނިއާ ހަނގުރާމައިގެ ގަތުލްއާންމުގައި ސާބިއާގެ ސީދާ ބައިވެރިވުމެއް ނެތް ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ވަނީ 2007 ވަނަ އަހަރު ނިއްމާފައެވެ.
ކިޔުންތެރިންގެ ހިޔާލު