އެމްޓީސީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަސީމް، ނަފާ ނަސީމް (ކ)
އެމްޓީސީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަސީމް، ނަފާ ނަސީމް (ކ)
ކޯވިޑް-19 ގެ މި ޙާލަތުގައި ގައިދުރުކަމަކީ ބަހުސެއް އޮތް ކަމެއް ނޫން ކަމަށް މަޝްހޫރު އިޤްތިޞާދީ ތަޖުރިބާކާރު ނަފާ ނަސީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެމްބަރުކަން ކުރެއްވި އަދި އެމްޓީސީސީގެ ކުރީގެ އެމްޑީ ނަފާ ނަސީމް ވިދާޅުވީ، ގައިދުރުކަމަކީ ބަހުސެއް އޮތްކަމެއް ނޫން ކަމަށާއި، އެކަމަށް ފަތުވާއެއް ބޭނުން ނުވާ ކަމަށެވެ. ނަމާދުގެ ޖަމާޢަތުގައި ގައިދުރުކުރުމާމެދު ދީނީ ޢިލްމުވެރިން ތަފާތު ރަޢުޔުތަކެއް ފާޅު ކުރަމުންދާ މި ދަނޑިވަޅުގައި ނަސީމް ވަނީ ފިތުނަ އުފެއްދުމަށް މަސައްކަތް ނުކުރުމަށް ގޮވާލައްވާފައެވެ.

"ޢިލްމުވެރިން ވާންޖެހެނީ މީހުނަށް އެއްބައިވަންތަ ހެޔޮ މަގުދައްކާ ބަޔަކަށް. މީހުން ބައިބައިކޮށް ފިތުނައުފައްދާ ބަޔަކަށް ނޫން. ނޫސްވެރިން ވެސް ނުޖެހޭނެ ބައިބައިވެ ފިތުނައުފެދޭ ގޮތަށް ޚަބަރުތައް ގެންނާކަށް. ގައިދުރުކަމަކީ ބަހުސެއް އޮތްކަމެއް ނޫން. ފަތުވާއެއް ބޭނުން ކަމެއްނޫން." ނަސީމް ވިދާޅުވެފައިވެއެވެ.



މީގެ އިތުރުން ނަސީމް ވަނީ، ދިވެހިންގެ ވިސްނުން ގެންގުޅޭ ގޮތާ މެދުގައިވެސް ކަންބޮޑުވުން ފާޅުކުރަށްވާފައެވެ. ނަސީމް ވިދާޅުވީ، ހުރިހާ ކަމަކާ ސަރުކާރުން ނުބެހުމަށް ބައެއް މީހުން ބުނާ ކަމަށާއި، އެހެންކަމުން ސަރުކާރުން ދަނޑިމާރު އަޅައިގެން ނުބުންޏަސް ރައްޔިތުންވެސް އަމިއްލަޔަށް ގައިދުރުވާން ޖެހޭ ކަމަށެވެ.

"ގައިދުރުވެގެން ދޯ ސަލާމަތް އޮތީ؟ ސަރުކާރުން ކޮންމެހެން އާދޭސްކުރަން ޖެހޭތަ؟ އާދޭސްކުރިއްޔާ އަހާނަންތަ؟" ނަފާ ނަސީމްގެ އުދާސްތައް ބަންޑުން ކޮށްލައްވަމުން ވިދާޅުވެފައިވެއެވެ.

ޖަމާއަތް ހެދުމުގައި ގައިދުރު ކަމުގެ އުސޫލު ގެންގުޅުމާމެދު ބޮޑު ބަހުސެއް ހިނގަން ފެށީ މިދިޔަ ހުކުރު ދުވަހުން ފެށިގެން މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ހުކުރު ނަމާދު ކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދިނުމުން ބޭއްވި ފުރަތަމަ ހުކުރުގެ ޖަމާއަތުގައި ގައިދުރުކަމުގެ އުސޫލަށް އަމަލު ނުކޮށް ނަމާދުކޮށްފައިވާތީ ގިނަ ބަޔަކު އެކަމުގައި ކަންބޮޑުފުން ފާޅު ކުރުމާއެކު ދީނީ ގޮތުން އެކި ފަރާތްތަކުން ތަފާތު ރަޢުޔުތައް ނެރެން ފެށި ހިސާބުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން