ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރާއްޖެއަށް ޓެސްޓް ކިޓް ތަކެއް ހަވާލު ކުރުމަށް މީގެ ދުވަސްކޮޅެއް ކުރިން ބާއްވާފައިވާ ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރ އަމީނާއި އެ ޖަމިއްޔާގެ މަންދޫބު
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރާއްޖެއަށް ޓެސްޓް ކިޓް ތަކެއް ހަވާލު ކުރުމަށް މީގެ ދުވަސްކޮޅެއް ކުރިން ބާއްވާފައިވާ ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރ އަމީނާއި އެ ޖަމިއްޔާގެ މަންދޫބު
ދިވެހިރާއްޖެއިން ކޯވިޑް-19 އާއި ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެގޮތުންނާއި، ޞިއްޙީދާއިރާ އިތުރަށް ހަރުދަނާކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ދިވެހިރާއްޖެއަށް ބައެއްތަކެތި މިއަދު ރަސްމީކޮށް ޙަވާލްކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު މިނިސްޓްރީ އޮފް ހެލްތުގައި ބޭއްވި ރަސްމިއްޔާތެއްގައި މިތަކެތި މިނިސްޓަރ އޮފް ހެލްތާއި ޙަވާލްކޮށްދެއްވީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ. އަރުވިންދު މާތުރުއެވެ. މިއަދު ޙަވާލުކުރެވުނު ތަކެތީގެ ތެރޭގައި އައި.ސީ.ޔޫ އެނދާއި އައި.ސީ.ޔޫ ޤާއިމްކުރުމަށް ބޭނުންވާ އާލާތްތަކާއި ބޭހުގެ އިތުރުން، މެޑިކަލް ލެބޯޓްރީތަކަށްބޭނުންވާ ތަކެއްޗާއި 10،000 ކޯވިޑް-19 ޓެސްޓް ކިޓް ހިމެނެއެވެ.

މިއަދު ޙަވާލުކުރި އައި.ސީ.ޔޫ އާލާތްތަކާއިއެކު ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ޤާއިމްކުރެވޭ އައި.ސީ.ޔޫތައް އިތުރަށް ހަރުދަނާކުރެވިގެންދާނެއެވެ.

މިރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ހެލްތުގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޒުހައިރު ވަނީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ފަރާތުން ލިބެމުންއަންނަ އެހީތެރިކަމުގެ ތަފްޞީލްތައް ޙިއްސާކުރައްވައި އެޖަމިއްޔާގެފަރާތުން ދިވެހިރާއްޖެއަށް މެދުނުކެނޑި ލިބެމުންދާ އެހީތެރިކަމަށްޓަކައި އެޖަމިއްޔާގެ ވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.

މިރަސްމިއްޔާތުގައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ. ޢަރުވިންދު މާތުރު ވަނީ ކޯވިޑް-19 ދުނިޔޭގައި އަދިވެސް ހަލުވިކަމާއިއެކު ފެތުރެމުންދާކަން ފާހަގަކުރައްވައި، ރާއްޖޭގައި މިބަލި ކޮންޓްރޯލްކުރުމަށް ޞިއްޙީ އިދާރާތަކުން ދޭއިރުޝާދުތަކާއި އެއްގޮތަށް ރައްޔިތުންގެ ޢަމަލުތައް ބެހެއްޓުމަށް ގޮވާލައްވާފައެވެ.

ދިވެހިރާއްޖޭގައި ކޯވިޑް-19 އަށް ޓެސްޓްކުރުމުގެ ޚިދުމަތް ކުރިއަށްގެންދިއުމަށްޓަކައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން މެދުނުކެނޑި ދަނީ ޓެސްޓްކިޓްތައް ފޯރުކޮށްދެމުންނެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޖޫން މަހުގެ 29ވަނަ ދުވަހު ދިވެހިރާއްޖެއަށް "ޖީން އެކްސްޕާޓް މެޝިން" ބޭނުންކޮށްގެން ތަޙްލީލްކުރުމަށް ބޭނުންވާ ކާޓްރިޖް ވެސް އެޖަމިއްޔާއިން ވަނީ ހަދިޔާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން