އާމިނަތު ރަފާހު ރަފީޢު   12 ޖުލައި 2020 - 1:53
މަރަދޫއާ ހަންކެޑަ ކޯޒްވޭ ސަރަހައްދު
މަރަދޫއާ ހަންކެޑަ ކޯޒްވޭ ސަރަހައްދު
އައްޑޫ ސިޓީގެ އެކި ހިސާބުތަކަށް ވަރަށް ބޮޑަށް އުދައަރައި ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަމުގެ މައުލޫމާތު ލިއްބިއްޖެއެވެ.

ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އުދައެރުމުގައި އިއްޔެއިން ފެށިގެން މަރަދޫއާ ހަންކެޑަ ކޯޒްވޭ ސަރަހައްދަށް ވަނީ ވަރަށް ބޮނޑަށް އުދައަރާ ފެންބޮޑުވެފައެވެ.

މައުލޫމާތު ލިބޭގޮތުގައި އުދައަރަން ފަށާފައިވަނީ އއްީޔެ ހެނދުނު 7 ޖަހާކަށްހާއިރުއެވެ. މިސަރަހައްދުގައި އުފެދިފައިވާ ކަމަށް މޫސުމާބެހޭ އިދާރާއިން ބުނާ ދިގު ރާޅުބާނީގެ ސަބަބުން އައްޑޫ ސިޓީގެ އެކި ސަރަހައްދު ތަކަށް ވަރަށް ބޮޑަށް އުދައަރާފައިވާއިރު ކޯޒްވޭ ސަރަހައްދުގައި ދިރިއުޅޭ ބައެއްމީހުންގެ ގެތަކަށްވެސް ވަނީ ލޮނު ވަދެފައެވެ.



މަންޒަރުދުއް ފަރާތަކުން މައުލޫމާތު ދީފައިވާ ގޮތުގައި އުދައަރާފައިވަނީ އެހިސާބުގެ ފުއްޓަރުފަރާތުންނެވެ. އަދި ވަގުތީގޮތުން ހިތަދޫ ސަރަހައްދާ ގުޅިފައިވާ މި މަގު ބަންދުކުރަން ޖެހުނު ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ހިތަދޫ، މަރަދޫ، އަދި މަރަދޫ ފޭދޫގެ ފުއްޓަރުފަރާތުންވެސް އުދަ އެރުމާގުޅިގެއް ގެތަކަށް ލޮނުގެ އަސަރު ކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ. އަދި އެހިސާބުގެ ފުއްޓަރު ފަރާތުން ފެށިގެއްގޮސް ބޮޑުމަގާހަމައަށް އޮތީ ލޮނުއަރާފައެވެ.



ބެލެވޭ ގޮތުގައި ފޭދޫގައި މިހާރު ހިއްކަން ފަށާފައިވާ ބިން ހިއްކިފަހުން މިސަރަހައްދުގެ މަގަށް ރާޅު އެރުން ވަނީ އާންމު ކަމަކަށް ވެފައެވެ. ނަމަވެސް ކަމާބެހޭފަރާތަކުން މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކޮށްފައިނުވާކަމަށް ބައެއް ރައްޔިތުން ބުނެފައިވެއެވެ.




ކިޔުންތެރިންގެ ހިޔާލު


5

ދަވާލި19

12-Jul-2020

އައްޑުއަކީ ފަހުރުވެރި 7,0 އެމީހުންބަލާނީ ކޮމްމެ އިންތިހާބެއްގަވެސް 7,0ގެ ށަރަފުހޯދަން އޭގެފަހުން ތިމާމެން އުޅެންޖެހޭހާލާމެދު ވިސްނާމީހުންމާދު އަތޮޅެއް



ޓްރެންޑިން