ޒަމާނުއްސުރެ ރާއްޖޭގެ އުތުރުން މަޝްހޫރު ބޮޑު ތިލަދުންމަތި ސަރަޙައްދު އޭގެ ހަޤީޤީ މާނާގައި ފެންމަތިކޮށްދެއްވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުކަމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙުގެ ރިޔާސީ ކެމްޕެއިންގައި މިހާރު އެމަނިކުފާނު ބޮޑު ތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިނިސްޓަރ ޝާހިދުވެސް ބައިވެރިވެވަޑައިގަންނަވައެވެ. މިނިސްޓަރ މިހެން ވިދާޅުވީ މިދަތުރުފުޅުގައި ހދ. އަތޮޅަށް ވަޑައިގެން އެއަތޮޅު ހަނިމާދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ ފާއިތުވި ސަރުކާރުތަކުން ބޮޑުތިލަދުންމައްޗަށް މާބޯޑުކަމެއް ކޮށްދެއްވާފައި ނުވާކަމަށެވެ. އެގޮތުން ކުރީގެ ސަރުކާރުތަކުން އެސަރަޙައްދުގައި ފެށްޓެވި ބައެއް މަޝްރޫޢުތަކަކީވެސް ނަމެއްގައި ފަށާފައި ފަހުން އެކަމުގެ އެއްވެސް ޢަމަލީ ސިފައެއް ނުފެންނަ ކަންކަންކަމަށް ޝާހިދު ވިދާޅުވިއެވެ.

އެހެންނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ ސަރުކާރުންވަނީ ހަޤީޤީ މާނާގައި ބޮޑުތިލަދުންމައްޗަށް ތަރައްޤީ ގެނެސްދެއްވާފައިކަމަށާ، އެސަރަޙައްދުގެ މައި އެއަރ ޕޯޓުކަމަށް ބުނާ ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓު ހަޤީޤީ އިންޓަނޭޝަނަލް އެއަރޕޯޓަކަށް ބަދަލުކުރެއްވުމުގެ ބިޔަ މަޝްރޫޢު ފެށްތެވީ މިރައީސް ކަމަށް ޝާހިދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން