އަންނަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި މިހާތަނަށް ދަތުރުކުރެއްވި ރައްރަށުން ލިބިވަޑައިގަތީ އެރަށްރަށުގެ ޢާންމު ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ތާޢީދާއި ލޯބި އެމަނިކުފާނަށް އޮތްކަމުގެ ހިތްހަމަޖެހުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ބޮޑުތިލަދުންމައްޗަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅަށްފަހު ކުރެއްވި ޓްވީޓެއްގައި ރައީސް ޞާލިޙު ވިދާޅުވީ، ހއ، ށ، މ، އަދި ވ އަތޮޅުގެ ހުރިހާ ރަށަކުންނާ ފުވައްމުލަކުން ފެނިވަޑައިގަތީ ހަމަޖެހުމާއި ތަރައްގީއަށް ރައްޔިތުން އެދޭމިންވަރުކަމަށެވެ. އަދި އުފާވެރި އަމާން ރާއްޖެއެއް ހޯދުމަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅުގައި ރައްޔިތުން ތިބީ އެމަނިކުފާނާއެކު ކުރިއަށްދިއުމަށް ކަމުގެ ހިތްހަމަޖެހުން ލިބިވަޑައިގަންނަވާކަމަށް ވިދާޅުވެ ޓްވީޓު ނިންމަވާލައްވާފައިވަނީ އެއްބުރުން ހޭޝްޓެގާއެކުއެވެ.



ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އަންނަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންނަށް ރަށްރަށަށް ވަޑައިގަތުމުން އާދަޔާ ޚިލާފު ބޮޑު ތަރުޙީބެއް ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް އަރުވާ މަންޒަރު ފެނެއެވެ. ގިނަ ރަށްރަށުން ފެނިފައި ވަނީ އެމަނިކުފާނާ ސަލާމްކުރަން ކޮޅާކޮޅު ނުފެންނަ މިންވަރަށް ސަފުހަދާލާފައި އޮންނަ މަންޒަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން