ޑރ.އަލީ ލަޠީފު
ޑރ.އަލީ ލަޠީފު
ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން އެޑްމިޓްކޮށް ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު 15 އިންސައްތައަށް މައްޗަށް ގޮސްފައިވާ ކަމަށް ޑރ.އަލީ ލަތީފް މިރޭ ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަލީ ލަތީފް ވިދާޅުވީ، މިދިޔަ މަހު ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އެޑްމިޓް ކުރަން ޖެހުނީ 4 އިންސައްތަ މީހުން ކަމަށެވެ. އެހެން ނަމަވެސް މިހާރު އެ އަދަދު 15 އިންސައްތައަށް މައްޗަށް ގޮސްފައިވާ ކަމަށް ޑރ. ޢަލީ ލަތީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ. ކޮވިޑް ކޭސްތައް ގިނަވަމުންދަނީ ރައްކާތެރިކަމުގެ ފިޔަވަޅު ނޭޅޭތީ ކަމަށް ޑރ.އަލީ ލަތީފް ވިދާޅުވިއެވެ. މާގިނަ ކޭސްތައް ފެންނަމަ މިހާރު އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރަންޖެހިދާނެ ކަމުގެ އިންޒާރު ވެސް ޑރ. ޢަލީ ލަތީފް ވަނީ ދެއްވާފައެވެ. ޑރ. ޢަލީ ލަތީފް ވިދާޅުވީ ރާއްޖޭގައި ކޮވިޑް ބަލި ކޮންޓްރޯލްވީ ކަމަށް ދެކިގެން ނުވާނެ ކަމަށެވެ.

މީގެ އިތުރުން ރޯގާގެ އަލާމަތްތައް ހުރެގެން ފުލޫ ކްލިނިކަށް ދައްކާ މީހުންގެ އަދަދު ވެސް ވަރަށް ބޮޑަށް އިތުރުވަމުން އަންނަކަން ޑރ. އަލީ ލަތީފް ވަނީ ފާހަގަކުރައްވާފައެވެ.

"ޖުލައި 4 ގައި 39 މީހުން އެބައޮތް ފުލޫ ކްލިނިކަށް ދައްކާފަ، އިއްޔެ އަށް ބަލާއިރު 127 މީހުން ދައްކާފައި އެބަހުރި، ފްލޫ ޖެހިގެން ދައްކާ މީހުން ވެސް އެބަގިނަވޭ." ޑރ. ވިދާޅުވިއެވެ.

މީގެ އިތުރުން ޖޫން މަހުގެ މެދުތެރޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާ ދިމާވާ ކޮންޓެކްޓުން ހުރީ ގާތްގަޑަކަށް 9 ގައި ކަމަށް ޑރ. ވިދާޅުވިއެވެ. އެހެން ނަމަވެސް މިހާރު އެވްރެޖް ކޮންޓެކްޓުން 15 އަށް އަރާފައިވާ ކަމަށް ޑރ. ޢަލީ ލަތީފް ވިދާޅުވިއެވެ. ޑރ. ޢަލީ ލަތީފް ވިދާޅުވީ ކޮވިޑް ބަލީގެ ނުރައްކާ ދިވެހިންނަށް ވަރަށް ބޮޑު ކަމަށާއި ދިވެހިންގެ ތެރެއިން ގިނަ މީހުންނަކީ އެކި ބަލިތަކަށް ފަރުވާ ހޯދާ މީހުން ކަމަށެވެ.

"ދިވެހިންގެ ތެރޭގައި ބަލި ފެންނަލެއް އެބަ ގިނަވޭ، ދިވެހިންގެ ތެރޭގައި ފުދޭވަރަކަށް ގިނަ ތަފާތު ބަލިތައް ބިދޭސީންނަށް ބަލިޖެހިގެން ކަންބޮޑުނުވާ ސަބަބަކީ އެމީހުންގެ އުމުރަކީ ވަރަށް ޅަ އުމުރެއް. ދިވެހިންގެ ތެރޭގައި އެބަތިބި ވަރަށް ޅައުމުރުމުގައި ފުދޭވަރަކަށް ގިނަ ބަލިތައް ހުންނަ މީހުން. ގާތްގަނޑަކަށް 40 އަހަރު މީހުންގެ އެބަހުރޭ ޑައިބެޓިކްސް. އެބަހުރި، ހިތުގެ ބަލި. އެހެންވެއްޖެނަމަ ދިވެހިންގެ ތެރޭގައި މި ބަލި ފެތުރިގެންދާނަމަ ފުރުސަތު ވަރަށް ބޮޑު ނުރައްކާތެރި ހާލަތެއް ދިމާވެގެން ނިޔާވުން. މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލަންޖެހޭ ކަމެއް." ޑރ. ޢަލީ ލަތީފް ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 2664 އަށް އަރާފައެވެ. އެބަލީގައި ރާއްޖެއިން މިހާތަނަށް 13 މީހުން ވަނީ މަރުވެފައެވެ.

އައިޖީއެމްއެޗްގެ ޕޮޒިޓިވް 19 ކޭސް އާއި ގުޅިގެން ކޮންޓެކްޓުންގެ އަދަދު 129 އަށް އަރާފައިވާ ކަމަށް ޑރ. ޢަލީ ލަތީފް ވިދާޅުވިއެވެ.

"މިހިރި ކަންތައްތަކަކީ ވަރަށް ކަންބޮޑުވާ ކަންތައްތަކެއް މިހާރު ގިނަ ބަޔަކަށް ހީވަނީ ކަންނޭގޭ ބަލިޖެހުމުން މާބޮޑު ކަމަކަށް ނުވާނެއޭ ނުއެއް ޖެހޭނެޔޭ، އަދި ބައެއް ފަހަރަށް ބަލިޖެހުނަސް ހީވާކަހަލަ މިއިން އެއްވެސް ނުރައްކަލެއް ތިމާ އަކަށް ނުވާނެއޭ. ވަރަށް ފަރުވާ ތެރިކަމާއެެކު މިކަމަށް އަޅާނުލައިފިނަމަ އަނެއްކާވެސް އަޅުގަނޑުމެން ވަރަށް ބޮޑު ގެއްލުމަކަށް ގޮސްދާނެ، ބަލި ކޮންޓްރޯލްވި ކަމަށް ބަލައިގެނެއް ނުވާނެ. ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ ވަރަށް މުހިންމު ކަމެއް." ޑރ.އަލީ ލަތީފް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


15

ރަށުމީހާ

13-Jul-2020

ސަރުކާރަށް ހީވީ ބަލި އެއްކޮށް ރަގަޅު ވީއޭ. ބަޑަށް ޖެހެނީއޭ. މީކީ ނުރައްކާ ބައްޔެއް ނޫންކަށް ވިސްނަ ދެމޖން ދިއުމުގެ ނަތީޖާ ތީ. ދިވެހިންނަކީ ތިމާމެންނަށްވުރެ އެގޭ އެހެން ބަޔަކު ނޫޅޭނެކަަށް ގަޫލު ކުރާ ބައެއް.



ޓްރެންޑިން