ޒަހީނުއްދީން ސަޢީދު   12 ޖުލައި 2020 - 4:19
ރ. ދުވާފަރު
ރ. ދުވާފަރު
ރ. ދުވާފަރަށް މީހުން އަރާ ފޭބުން މަނާކޮށްފި އެވެ.

އެޗްޕީއޭ އިން އެ ރަށް ލޮކްޑައުންކޮށްފައިވަނީ ހޯމް ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރުމަށްފަހު ދޫކޮށްލި ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. ދުވާފަރުން ޕޮޒިޓިވްވެފައިވަނީ ދެމަފިރިންނާއި އެ މީހުންގެ ދަރިފުޅެވެ.

މިދިޔަ މަހުގެ 19 ވަނަ ދުވަހު ދުވާފަރަށް ގޮސް ހޯމް ކަރަންޓީންގައި 14 ދުވަސް ހޭދަ ކުރުމަށްފަހު އެ މީހުން ގެއިން ނިކުމެފައިވަނީ 14 ދުވަހަށްފަހު ހެދި ފުރަތަމަ ޓެސްޓް ނެގެޓިވް ކަމަށް ދެއްކުމުންނެވެ. އެހެން ނަމަވެސް ފަހުން އެޗްޕީއޭއިން ފަހުން ވަނީ އެ މީހުންގެ ޓެސްޓް ޕޮޒިޓިވްވެފައިވާކަން އަންގާފައެވެ.

ނަމަވެސް އޭރު އެ މީހުން ރަށުގެ ގިނަ ބަޔަކާ ބައްދަލުވެފައިވާ ކަމަށްވެއެވެ. އެހެން ކަމުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެޗްޕީއޭއިން ވަނީ އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސް އަރާ ފޭބުން މަނާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން