ކޯވިޑް-19 އާއި ގުޅިގެން ފްރަންޓްލައިންގައި ހަރަކާތްތެރިވަމުންދާ ސިއްހީ އޮފިޝަލުން ސާމްޕަލް ނެގުމުގެ މަސައްކަތުގައި ހަރަކާތްތެރިވަނީ
ކޯވިޑް-19 އާއި ގުޅިގެން ފްރަންޓްލައިންގައި ހަރަކާތްތެރިވަމުންދާ ސިއްހީ އޮފިޝަލުން ސާމްޕަލް ނެގުމުގެ މަސައްކަތުގައި ހަރަކާތްތެރިވަނީ
ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާއި ދިމާވާ ކޮންޓެކްޓުންގެ ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ރޭ އެދިވަޑައިގެންފިއެވެ.

އެޗްއީއޯސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ ބައެއް މީހުން، އެ މީހުންގެ ކޮންޓެކްޓުންގެ މައުލޫމާތު ދިނުމުގައި ފަރުވާކުޑަކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ބައެއް މީހުންގެ ކޮންޓެކްޓް ޓްރޭސިންގައި އެ މީހުންނާ އެކީ އުޅޭ އާއިލާގެ މީހުންގެ މައުލޫމާތު ނުދޭ ކަމަށާއި ބައްދަލުވި މީހުންގެ މައުލޫމާތު ވެސް ނުދޭ ކަމަށް ޑރ. ނަޒްލާ ވަނީ ފާހަގަކުރައްވާފައެވެ.

"ބައެއް ފަހަރު އެބަހުރި ވަރަށް ހައި ރިސްކް މީހުންނާ ދިމާވެފައި ތިބެފައި ވެސް އެ މައުލޫމާތު ނުދެއްވާ. ނޫނީ ބައެއް ކަހަލަ ހައިރިސްކް ތަންތަނަށް ވަޑައިގެންފައި ވެސް އެ މައުލޫމާތު ނުދެއްވާ ބޭފުޅުން. މިގޮތަށް އަމަލުކުރައްވަންޏާ ފުރަތަމަ ކަމަކީ އިތުރު ބަޔަކު ބައްޔަށް ހުށަހެޅުމަށް އަޅުގަނޑުމެންނަށް މި މަގުފަހިކުރެވެނީ." ޑރ.ނަޒްލާ ވިދާޅުވި އެވެ.

ނަޒްލާ ވިދާޅުވީ ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާއި ކޮންޓެކްޓްވާ މީހުން 14 ދުވަސް ވަންދެން ކަރަންޓީން ކުރަމުންދާ ކަމަށެވެ. އެދުވަސް ގުނަން ފަށަނީ އެންމެ ފަހުން ޕޮޒިޓިވްވި މީހާ އާއި ކޮންޓެކްޓްވީ ދުވަހުން ފެށިގެން ކަމަށް ނަޒްލާ ވިދާޅުވިއެވެ.

"އެ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެމީހަކަށް ބަލިޖެހުމުގެ ފުރުސަތު އޮންނަނީ، ކޮންޓެކްޓްވާ ދުވަހު ނޫން އަނެއް ދުވަހު ޓެސްޓް ކުރީމާ އޭނާ ނެގެޓިވް ވިޔަސް އޭގެ މާނަ އެއް ނޫން ކުރިއަށް އޮތް 14 ދުވަސްތެރޭގައި ބަލި ނުޖެހޭނެއެކޭ ޕޮޒިޓިވް ނުވާއޭ. މި މީހުން ތިބެންޖެހޭނީ ވެސް ކަރަންޓީނުގައި ޓެސްޓް ކޮށްފައި ނެގެޓިވް ވިޔަސް އެމީހުން ކަރަންޓީނުގައި ތިބެންޖެހޭނެ. އެމީހުންނަށް އަނބުރާ ވަޒީފާ އަކަށް ނުނުކުމެވޭނެ. ކަރަންޓީނުގައި ތިބޭ މީހުންނަށް މަގުމައްޗަކަށް ނު ނުކުމެވޭނެ، ކަރަންޓީނުވާ މީހުން ތިބެންޖެހޭނީ އެމީހުން ކަރަންޓީނުވާ ތަނެއްގައި 14 ދުވަސް ވަންދެން." ނަޒްލާ ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑު ޖެހުނު މީހުންގެ ޖުމުލަ އަދަދު 2،664 އަށް ވަނީ އަރާފަ އެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 368 އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން