މިހާރު ހުސްވެފައިވާ ޓޫރިޒަމް މިނިސްޓަރުގެ މަގާމާއެކު ރައީސް އިބްރާހިމް މުހަންމަދު ސޯލިހްގެ ކެބިނެޓަށް ބަދަލުތަކެއް އަންނާނެ ކަމަށް "ރަސް އޮންލައިން" އަށް ކަށަވަރުވެއްޖެއެވެ.
"ރަސް އޮންލައިން" އަށް ވަރަށް އިތުބާރުހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާގޮތުގައި މިހާރު ހުސްވެފައިވާ ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް އައްޔަނު ކުރުމާއި އެންމެ ގާތީ މިހާރު ވަގުތީ ގޮތުން އެމަގާމާއި ހަވާލު ކުރައްވާފައި ހުންނެވި އިކޮންމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލެވެ. ގަބޫލުކުރެވޭ ގޮތުގައި ފައްޔާޒަކީ މިހާރު ވަޒީރު ކަމުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން އެންމެ ރަނގަޅަށް ނަތީޖާ ނެރެދެއްވާ އަދި ރައީސް ޞާލިޙް ވަރަށް ބޮޑަށް އިތުބާރު ކުރައްވާ ބޭފުޅެކެވެ.
ހުސްވެފައިވާ ޓޫރިޒަމް މިނިސްޓަރުގެ މަގާމަކީ ކޯލިޝަން ސަރުކާރުގައި ހިމެނޭ ޖުމްހޫރީ ޕާޓީން ފުރަމުން ގެންދާ ސްލޮޓެކެވެ. އެހެން ކަމުން އެމަގާމަށް ޖުމުހޫރީ ޕާޓީގެ ޑރ. އަބުދު ﷲ މައުސޫމް އައްޔަންކުރާން އުޅޭ ކަމުގެ އަޑުތަކެެއް ފެތުރުނު ނަމަވެސް މައުސޫމުގެ ނަމެއް ރައީސް ޞާލިހުގެ ލިސްޓުގައި ހިމެނޭ ކަމަކަށް ނުބެލެވެއެވެ. ބޮޑަށް ގަބޫލުކުރެވެނީ ޓޫރިޒަމް މިނިސްޓްރީގެ ބަދަލުގައި ޖުމުހޫރީ ޕާޓީއަށް އެހެން ސްލޮޓެއް ދެއްވާނެ ކަމަށެވެ.
ހުސްވެފައިވާ ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް ކަމުދާ ކަމަށް ނުވަތަ ގެންނާނެ ކަމަށް ދައުރުވާ ނަންތަކުގެ ތެރޭގައި އެމްޑީޕީ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރ ޒުލްފާގެ ނަންވެސް ބައެއް މީހުންގެ ލިސްޓުގައި ހިމެނެއެވެ. އަދި އެލިސްޓުގައި ޑރ. ޝައުގީގެ ނަންވެސް ބައެއް މީހުން ހިމަނައެވެ. ނަމަވެސް މިއިން އެއެވެސް ނަމެއް ރައީސް ޞާލިޙުގެ ލިސްޓުގައި ހިމެނޭ ކަމަކަށް ގަބޫލެއް ނުކުރެއެވެ.
ޓޫރިޒަމް މިނިސްޓްރީއަށް ބޭފުޅަކު އައްޔަން ކުރުމުގެ ތެރޭގައި މިފަހަރު ކެބިނެޓަށް އަންނަ ލޮޅުމަކީ ހަމަ ރަނގަޅު ބޮޑު ލޮޅުމަކަށް ވެދާނެ ކަމަށް މި ނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ. ހެލުން އަންނަ ކެބިނެޓްގެ މަގާމު ތަކަކީ މިހާރު ނަތީޖާ ނުނެރެވޭ ނުވަތަ އެކަށީގެންވާ ވަރަށް ނަތީޖާ ހާސިލު ނުކުރެވޭ ވަޒީރުންގެ ގޮތުގައި ފާހަގަ ކުރެވޭ ވުޒާރާތަކަށް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
ވަޒީރު ކަމަށް ދޮޅު އަހަރު ފުރިގެން ދިޔައިރު ރައީސް ޞާލިޙުގެ ވަޢުދުތައް ހާސިލު ކުރުމުގައި މަސައްކަތް ކުރެވިފައިވާ މިންވަރަށް ބައްލަވައި ނަތީޖާ ހާސިލު ނުކުރެވޭ ވަޒީރުންގެ ތެރޭގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީނާއި ފިޝަރީޒް މިނިސްޓަރ ޒަހާވަހީދާއި މިނިސްޓަރ މަލީހުގެ ނަން ހިމެނޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. މަލީހާއި އަމީންގެ ސްލޮޓަކީ ޑރ. ޖަމީލުގެ ބާރުން އެދެބޭފުޅުންނަށް ލިބިވަޑައިގެންފައިވާ ދެ މަގާމެވެ. އެދެ ބޭފުޅުންނަނީ ޖުމްހޫރީ ޕާޓީއާއި މާބޮޑު ގުޅުމެއް ހުރި އަދި އެޕާޓީއަށާއި އެ ޕާޓީގެ ލީޑަރަށް ސިޔާސީ މަންފާއެއް ނުވަތަ ސިޔާސީ ފައިދާއެއް ހޯދައިދިނުމުގައި އެއްވެސް އިރެއްގައި އުޅުއްވާފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރޝިޕަށް ތައީދު ކުރައްވާފާއިވާ ބައެއް ނޫނެވެ.
ވެރިކަން ކުރާ އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ވެސް ވަނީ ރައީސް ޞާލިޙުގެ ކޯލިޝަން ސަރުކާރުގެ ކެބިނެޓްގައި ހިމެނޭ ވަޒީރުންގެ ތެރެއިން ނަތީޖާ ނުނެރެވޭ އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭ ވަޒީރުން މަގާމުން ވަކިކުރުމަށް ގޮވާލާފައެވެ. ރައީސް ޞާލިޙުގެ ކެބިނެޓަށް ބަދަލު ތަކެއް ގެންނަވަން ނިއްމެވި ކަމަށް މައުލޫމާތު ލިބިފައި ވީނަމަވެސް އެމަނިކުފާނު އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ މިސަރުކާރު ދެމި އޮންނާނީ ކޯލިޝަނާއި އެކުގައި ކަމަށާއި ކޯލިޝަން ރޫޅޭނެ ކަމެއް އެމަނިކުފާނު ނުކުރައްވާނެ ކަމަށެވެ.
އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ކޯލިޝަން ދެމިއޮންނާނެ ކަމަށާއި، މިއީ އަބަދުވެސް ކޯލިޝަން ސަރުކާރެއް ކަމަށެވެ.
"ކޯލިޝަން ދަމަހައްޓަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން، ކޯލިޝަން ތެރޭގައި ޕާޓީތަކުގެ ހިއްސާ ދަމަހައްޓަދޭނަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.
އެންމެ ފަހުން ކެބިނެޓަށް ބަދަލެއް އައީ ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި އެމްއާރްއެމް ނުވަތަ ރައީސް މައުމޫންގެ ސްލޮޓެއްގައި ހިމެނޭ ވަޒީރު އިސްތިއުފާ ދެއްވުމުންނެވެ. އެފަހަރު ރައީސް ޞާލިޙު ވަނީ އިތުރު ވަޒީރަކު އައްޔަނު ކުރެއްވުމުގެ ބަދަލުގައި އެ ވުޒާރާ އުވާލައްވައި އެވުޒާރާގެ މަސައްކަތް މިނިސްޓަރ އަސްލަމް ހަވާލުވެ ހުންނެވި ވުޒާރާގެ މަސައްކަތުގެ ތެރޭގައި ހިމަނުއްވާ ދެ ވުޒާރާ އެއްކޮށްލައްވާފައެވެ. އޭގެ ކުރިން ކެބިނެޓަށް ބަދަލެއް އައީ އަދާލަތު ޕާޓީގެ ސްލޮޓެއްގައި ހުންނެވި ޖެންޑަރ މިނިސްޓަރ އިސްތިއުފާ ދެއްވުމުންނެވެ. އެފަހަރު އެމަގާމު ދިޔައީ ކޯލިޝަނުން ބޭރަށެވެ.
ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ އެމްޑީޕީ އާއި ޖުމުހޫރީ ޕާޓީ އާއި އަދާލަތު ޕާޓީއާއި ރައީސް މައުމޫން ނުވަތަ އެމްއާރުއެމްގެ ގުޅިފައިވާ އިއްތިހާދަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު