އަންނަ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ރަނިން މޭޓަކަށް ހަމަޖެއްސެވި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމަކީ އެއްބުރުން އިންތިޚާބު ކާމިޔާބު ކުރުމައްޓަކައި އެންމެ ރަނގަޅު ރަނިންމޭޓުކަމަށް އެމްޑީޕީގެ ކޯލިޝަން ބައިވެރިޔާ ޢަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން ވިދާޅުވެފައިވަނީ އަސްލަމަކީ އެންމެ ހެޔޮ އިޚްތިޔާރު ކަމަށެވެ. މިފަހަރުގެ ރިޔާސީ އިންތިޚާބު އެއްބުރުން ރައީސް ޞާލިޙު ކާމިޔާބުކުރައްވާނެކަމަށް އިމްރާން ދެކެވަޑައިގަންނަވައެވެ. އިމްރާން ވިދާޅުވެފައިވަނީ ރައީސް ޞާލިޙަކީ މިހާތަނަށް ރާއްޖެދުށް އެންމެ ހެޔޮލަފާ އެންމެ ޚިދުމަތްތެރި ރައީސްކަމަށެވެ.
އެކި ފިކުރުގެ މީހުންނާއެކު އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއެކު ވެރިކަމުގެ ދައުރެއް ފުރިހަމަކުރެއްވި އެހެން ވެރިއެއް ނެތްކަމަށް އިމްރާން ވިދާޅުވެފައި ވެއެވެ. އަދި ރައީސް ރަނިންމޭޓު އަސްލަމަކީ އިޚްލާސްތެރި ޚިދުމަތްތެރި ޤާބިލް ބޭފުޅެއްކަމަށާ، އެހެންކަމުން މިފަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޞާލިޙު އެއްބުރުން ކާމިޔާބުކުރައްވާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ވެސް އިމްރާން ގަބޫލުކުރަށްވެއެވެ.
މުޙައްމަދު އަސްލަމަކީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މިހާރުގެ ލީޑަރެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރުވެސް މެއެވެ. މުހައްމަދު އަސްލަމްއަކީ މަޖިލީހުގައި މިހާރު ތިއްބެވި މެމްބަރުންގެ ތެރެއިން، އެ މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ އެއް މެމްބަރެވެ. މީގެއިތުރުން އޭނާއަކީ މިހާތަނަށް މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަވޯޓު ހޯއްދަވައިގެން މަޖިލީހަށް އިންތިޚާބުވީ މެމްބަރުގެ ރެކޯޑުވެސް އޮތް ބޭފުޅާއެވެ.

އެއްބުރުން އިންތިޚާބު ކާމިޔާބު ކުރުމައް އެންމެ ހެޔޮ އިޚްތިޔާރު.
— Imran Abdulla (@ShimranAb) August 5, 2023
ސިޔާސީ ތަޖުރިބާ ބޮޑު،ހައްލު ހޯދުމުގައި ހިކުމަތްތެރިކަމާއި ކެއްތެރިކަން އިސްކުރައްވާ،އަށްޑޫގެ ފަޚުރުވެރި ދަރިއެއް. https://t.co/UjfUbAYenn
މުޙައްމަދު އަސްލަމަކީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މިހާރުގެ ލީޑަރެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރުވެސް މެއެވެ. މުހައްމަދު އަސްލަމްއަކީ މަޖިލީހުގައި މިހާރު ތިއްބެވި މެމްބަރުންގެ ތެރެއިން، އެ މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ އެއް މެމްބަރެވެ. މީގެއިތުރުން އޭނާއަކީ މިހާތަނަށް މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަވޯޓު ހޯއްދަވައިގެން މަޖިލީހަށް އިންތިޚާބުވީ މެމްބަރުގެ ރެކޯޑުވެސް އޮތް ބޭފުޅާއެވެ.
ކިޔުންތެރިންގެ ހިޔާލު