ބޮޑުފިނޮޅުގައި ހިނގާދިޔަ ހަމަނުޖެހުމުގައި ބިދޭސީން ގެއްލުން ދީފައިވާ ކަމަށް ބުނާ  ވެހިކަލެއް
ބޮޑުފިނޮޅުގައި ހިނގާދިޔަ ހަމަނުޖެހުމުގައި ބިދޭސީން ގެއްލުން ދީފައިވާ ކަމަށް ބުނާ ވެހިކަލެއް
ބ.އަތޮޅުގައި ރިސޯޓް ތަރައްގީ ކުރަމުންދާ، ބޮޑުފިނޮޅުގައި ތިބި ބިދޭސީން އެ ރަށުން ބާލަން ވަގުތީ އަމުރެއް ނެރެދިނުމަށް ސީލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ތުޅާދޫ މެޖިސްޓްރޭޓަށް މައްސަލަ އެއް ހުށަހަޅައިފި އެވެ.

ބޮޑުފިނޮޅުގައި މަސައްކަތް ކުރާ 198 ބިދޭސީންނަށް މުސާރަ ނުދޭތާ ހަ މަސް ވުމުން އެ މީހުން ވަނީ އެ ރަށުގައި ތިބި ދިވެހިން ރަހީނުކޮށް، އެކަން ހުއްޓުވަން އައި ފުލުހުންނާ ކުރިމަތިލާ ހަމަނުޖެހުންތަކެެއް ހިންގާފައެވެ. އަދި މި ހަމަނުޖެހުމާއި ގުޅިގެން ފުލުހުން ވަނީ 19 ބިދޭސީން ހައްޔަރުކޮށްފައެވެ.

އެ ރަށުގައި ތިބީ ރިސޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ރިޒް މޯލްޑިވްސްގެ މުއައްޒަފުންނާއި އެ ރިސޯޓުގެ ވެރި ފަރާތް ކަމުގައިވާ ސީލް މޯލްޑިވްސްގެ ބައެއް ދިވެހި މުއައްޒަފުންނެވެ. އެ ހަމަނުޖެހުމުގެ ތެރޭގައި ބިދޭސީން ވަނީ ބޮޑުފިނޮޅުގައި ހުރި ސީލް މޯލްޑިވްސްގެ މުދަލަށް ބޮޑެތި ގެއްލުންތައް ދީފައިވެއެވެ.

އެ މައްސަލާގައި ސީލް މޯލްޑިވްސްގެ ވަކީލުން ވަނީ އެ ކުންފުނީގެ މުދަލަށް ލިބުނު ގެއްލުންތަކުގެ ބަދަލު ނަގައިދިނުމަށް ހުށަހެޅިދާނެތޯ ކަނޑައެޅުމަށް މިދިޔަ ހޯމަ ދުވަހު ތުޅާދޫ ކޯޓަށް މައްސަލައެއް ވައްދާފަ އެވެ. އަދި އެ މައްސަލާގައި ސީލް މޯލްޑިވްސްގެ ފަރާތުން ވަނީ އެ ރިސޯޓަށް ގެއްލުން ދިން ބިދޭސީން ތިބެގެން އެ ކަންކަން ބެލުމުގެ މަސައްކަތް ކުރިޔަށް ގެންދަން އުނދަަގޫވާ ކަމަށާއި އެހެން ކަމުން އެރަށުގައި ތިބި ރިޒް ކުންފުނީގެ ބިދޭސީން ރަށުން ބާލަން ފުލުހުންގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދިފައެވެ.

ބިދޭސީންނަށް މުސާރަ ނުދިން މައްސަލާގައި ހިމެނޭ ރިޒް ކުންފުންޏަކީ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ ކުންފުންޏެއް ކަން ފާހަގަކޮށްލެވެއެވެ. އެ ކުންްފުނިން ބުނެފައިވަނީ މުއައްޒަފުންނަށް މުސާރަ ނުދެވުނީ ސީލް މޯލްޑިވްސް އިން ފައިސާ ނުދިނުމުން ކަމަށެވެ. އެހެނަމަވެސް ސީލް މޯލްޑިވްސް އިން ވަނީ އެކަން ދޮގުކޮށްފައެވެ.

މި މައްސަލާގައި ހިމެނޭ ބިދޭސީންގެ އެއްވެސް ލިޔެކިއުމެއް ނެތް މައްސަލައާއި މުސާރަ ނުދީ ގަވައިދާ ހިލާފަށް ގެންގުޅުން ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ފުލުހުން ވަނީ ތަހުގީގް ކުރަން ފަށާފައެވެ. ފުލުހުން ވަނީ އެކަމާ ގުޅިގެން ހިއުމަން ޓްރެފިކިންއަށް ތުހުމަތު ކުރެވޭ ކަންކަން ތަހުގީގު ކުރަމުން އަންނަ ކަން ހާމަކޮށްފައެވެ.

މި މައްސަލަ ރިޒާ ނިސްބަތްވާ ޕާޓީ، އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ވެސް މިހާރު ވަނީ ބަލަން ފަށާފައެވެ. އަދި އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަަނާއި އިމިގްރޭޝަން އަދި އިކޮނޮމިކް މިނިސްޓްރީން ވެސް އަންނަނީ ބަލަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން