މިސަރުކާރުން ވަނީ ތަފާތު ދައްކައި އަނިޔާވެރިކަން ނައްތާލާފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭން ދަތުރުފުޅުގައި ދ. ރިނބުދުއަށް ވަޑައިގެން އެރަށުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް މިއަދު ވިދާޅުވީ މިސަރުކާރުން ވަނީ ކުރީ ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް ގެނެސްފައި ކަމަށެވެ. ހަމައެއާއެކު ކުދިރަށްރަށް ބާކީ ކުރުމުގެ ސިޔާސަތު ނިމުމަކަށް ގެނަސް މި ސަރުކާރުން ތަފާތު ދައްކުވައިދީފައިވާ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ކުރީ ސަރުކާރުގެ އެންމެ މައިގަނޑު ސިފައަކީ އަނިޔާވެރިކަންކަމަށާއި، ނަމަވެސް މި ސަރުކާރުން އެ ސަޤާފަތް ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ. އަދި ސަރުކާރުން ދަނީ ތަފާތު ދައްކަމުން ކަމަށާއި ކޮންމެ ރައްޔިތެއްގެ ވޯޓަކީވެސް މުހިއްމު ވޯޓެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މިއަދު ވިދާޅުވީ ރިނބުދޫއަކީ މަސައްކަތްތެރި ރައްޔިތެއް އުޅެމުން ގެންދާ ރަށެއް ކަމަށެވެ. އޭގެ އިތުރުން އެރަށުގެ އާބާދީ މަދު ނަމަވެސް ރަށަށް ބޭނުންވާ ހިދުމަތް ދިނުމުގައި ސަރުކާރުން ފަސް ނުޖެހޭނެކަމަށާއި، އެކަން އެރަށުން ފެންނަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

ރިނބުދޫގެ 12 ދަރިވަރުން ހިލޭ ޑިގްރީއަށް ކިޔަވަމުން އަންނަކަން ފާހަގަ ކުރަށްވައި ރައީސް ވިދާޅުވީ ކަރަންޓް ސަބްސިޑީގެ ގޮތުގައި އެކަނިވެސް އެރަށަށް 4.3 މިލިއަން ރުފިޔާ ހޭދަކޮށްފައިވާނެކަމަށެވެ.

ހަމައެއާއެކު ޒުވާނުންނަށް ބޭނުންވާ ޒަމާނީ ވޮލީ ކޯޓުވެސް އަޅައިދެއްވާނެ ކަމަށާއި ސިއްހީ މަރުކަޒަށް ގެންނަށް ބޭނުންވާ ބަދަލުތައް ގެނެސްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން