ޖިންސީ ގޯނާގެ މައްސަލާގައި މަޤާމުން ވަކިކުރި އަލީވަހީދުގެ އިލެކްޓްރިކްސް ބައެއް އާލާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހެކި ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ތަޙްޤީޤު ކުރަމުންދާ ޖިންސީ ގޯނާގެ މައްސަލައާ ގުޅިގެން ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ދިރިއުޅުއްވާގެ ބަލާ ފާސްކޮށްފައިވަނީ ރޭގައެވެ. ފުލުހުން ބުނީ އެގެ ބަލާފާސްކޮށްފައިވަނީ ކޯޓް އަމުރެއްގެ ދަށުންކަމަށެވެ. ފުލުހުން ރޭ ހިންގި ތަހުގީގާއި ގުޅޭގޮތުން ބުނީ ކުރީގެ މިނިސްޓަރ އަލީވަހީދުގެ އިލެކްޓްރޯނިކް ބައެއްތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހެކި ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށެވެ.
މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު އިސްތިއުފާދެއްވުމަށް އަންގަވައި އިސްތިއުފާ ނުދެއްވުމުން ރައިސުލްޖުމްހޫރިއްޔާވަނީ އޭނާ ވަޒީރުކަމުން ވަކިކުރައްވާފައެވެ.
އެކަމާއި ގުޅިގެން ފަތުރުވެރިކަމާބެހޭ ވުޒާރާގެ ހިންގުން ވަގުތީގޮތުން ވަނީ އިޤްތިޞާދީ ވަޒީރު ފައްޔާޒް އިސްމާއީލާ ހަވާލުކުރައްވާފައެވެ. މި މައްސަލައިގައި އަލީ ވަހީދު ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރައީސް ކަމުން ވަކި ކުރުމަށް އެޕާޓިގެ ކައުންސިލަށް ވެސް ވަނީ ހުށަހަޅާފައެވެ.
މި ތުހުމަތުތަކާ ގުޅިގެން ސީދާ ޖަވާބެއް ނުދެއްވިޔަސް އަލީ ވަހީދު ވިދާޅުވެފައި ވަނީ ވަގުތު ޖެހުމުން ހަގީގަތް ހާމަވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު