ހުޅުދުއްފާރު (ފޮޓޯ- ސޯޝަލް މީޑިއާ)
ހުޅުދުއްފާރު (ފޮޓޯ- ސޯޝަލް މީޑިއާ)
ހުޅުދުއްފާރުގައި ހޯމް ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރުމަށް ފަހު ޓެސްޓްކުރި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހުޅުދުއްފާރު ކައުންސިލުން މައުލޫމާތުދޭ ގޮތުގައި ކޯވިޑް-19 އަށް އެ ރަށުން ޕޮޒިޓިވްވީ ސައުދީ އަރަބިޔާގެ މަދީނާގައި ކިޔަވަން ހުރެފައި އެނބުރި ރަށަށް ދިޔަ ދަރިވަރެކެވެ. ބައްޔަށް ޕޮޒިޓިވްވި އިރު ވެސް އޭނާ ހުރީ ކަރަންޓީނުގައި ކަަމަށާއި، އޭނާ އެހެން މީހަކާ ކޮންޓެކެޓް ނުވާ ކަމަށް ކައުންސިލުން ބުނެ އެވެ.

ރ. އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށް، ދުވާފަަރުގައި ހޯމް ކަރަންޓީނުވުމަށް ފަހު ދޫކޮށްލި ބަޔަކު އިއްޔެ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެ މީހުން ދޫކޮށްލީ ފުރަތަމަ ކުރި ޓެސްޓުން ބައްޔަށް ނެގެޓިވްވުމުންނެވެ. އެކަމަކު ދޫކޮށްލި ފަހުން ނެގި ސާމްޕަލް ޕޮޒިޓިވް ވުމުން އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސް، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން