ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުން (ފޮޓޯ:މަޖިލިސް)
ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުން (ފޮޓޯ:މަޖިލިސް)
ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަޤާމަށް، އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ނިއުމަތު ޝަފީޤަށް ރުހުން ދިނުމަށް މަޖިލިސް ކޮމިޓީން ފާސްކޮށްފިއެވެ.

ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގައި ނިއުމަތު ޝަފީޤް ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަޤާމަށް، އައްޔަންކުރުމަށް ކޮމިޓީން ފާސްކޮށްފައިވަނީ އޭނާއާއިމެދު ކޮމިޓީން ބަލަންޖެހޭ ކަންކަން ބަލައި އެވަގުތު ކޮމިޓީގައި ތިއްބެވި މެމްބަރުންގެ އައުލަބިއްޔަތުންނެވެ.

ޗިލްޑްރަންސް އޮންބަޑްސްޕާސަންގެ މަގާމަށް އައްޔަން ކުރުމަށް، ޖޫން 15 ގައި ނިއުމަތުގެ ނަން މަޖިލީހަށް ފޮނުއްވީ، މީގެ ކުރިން އެ މަގާމަށް އައްޔަން ކުރުމަށް ކޮމިޓީން ރުހުން ދިން، ގދ. ތިނަދޫ/ ހިރިޔާ، ސިޔާނަތު ހާޝިމް، އެކަމަށް އުޒުރުވެރިވެވަޑައިގެން އެމަގާމު ބޭނުންފުޅު ނޫން ކަމަށް އެންގެވުމާ ގުޅިގެންނެވެ.

ދައުލަތުގެ އިދާރާތަކުން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް ޢަމަލުކުރާ މިންވަރު ދެނެގަނެ މި ޤާނޫނު ތަންފީޛުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ބާރުއެޅުމަކީ ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަސްއޫލިއްޔަތެކެވެ. އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ މުޢާހަދާއާ އެއްގޮތަށް ދައުލަތުގެ އިދާރާތަކުން ޢަމަލުކުރާ މިންވަރު ދެނެގަނެ، އެ މުޢާހަދާއާ އެއްގޮތަށް އަމަލުކުރާކަން ބަލާ އެގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަކީ ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ ޒިންމާއެކެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަގާމުގައި ހުންނަ މީހަކަށް 35000 ރުފިޔާ ދިނުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންއަށް މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ މަހަކު 25000 ރުފިޔާއެވެ. އަދި އެލަވަންސް ގޮތުގައި ކަނޑައަޅާފައިވަނީ 10000 ރުފިޔާއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން