ޑރ.މުހައްމަދު ޖަމީލް އަހުމަދު ސްކޫލު ކުދިންނާއި ބައްދަލުކުރައްވަނީ، ފޮޓޯ:ރައީސް އޮފީސް
ޑރ.މުހައްމަދު ޖަމީލް އަހުމަދު ސްކޫލު ކުދިންނާއި ބައްދަލުކުރައްވަނީ، ފޮޓޯ:ރައީސް އޮފީސް
ކުޑަކުދިންނާއި، ޖިންސީ އަނިޔާގެ މައްސަލަތައް ބެލުމުގައި ވާހަކަ ގިނަ ނުކުރައްވައި، އަމަލުން މިކަންކަން ބަލައި ފިޔަވަޅު އަޅާކަން ހާމަކޮށްދެއްވުމަށް ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ޕީޖީ ޝަމީމަށް ގޮވާލައްވައިފިއެވެ.

11 އަހަރުގެ އަންހެންކުއްޖާ ރޭޕްކުރި މައްސަލާގައި ތުހުމަތުކުރެވޭ އަނީސް ޙިލްމީގެ މައްޗަށް 3 ދަޢުވާއެއް ކުރުމަށް ކޯޓަށް ހުށަހެޅުމަށްފަހު ކުރެއްވި ޓްވީޓުގައި މާ ގިނަ ވާހަކަ ނުދައްކާ މިކަން، އަމާނާތްތެރިކަމާއި، އިޚްލާޞްތެރިކަމާއެކު ކުރެވޭތޯ މަސައްކަތް ކުރަމުންދާކަމަށް ޝަމީމްވަނީ ވިދާޅުވެފައެވެ.

ޝަމީމްގެ މިވާހަކަތަކާއި ގުޅިގެން ޑރ.ޖަމީލް ވިދާޅުވީ ވާހަކަ ގިނަނުކޮށް އަމަލުން މިކަންކަން ދައްކަންޖެހޭކަމަށެވެ.

ހުޅުމާލޭގެ ސަފާރީގައި ހިނގައިދިޔަ ޖިންސީ ގޯނާގެ މައްސަލަ ދިޔަގޮތުން ދައުލަތުން މިފަދަ މައްސަލަތަކުގައި އަމަލުކުރަމުންދާ ގޮތާއިމެދު އިތުބާރު ގެއްލިފައިވާކަމަށް ޖަމީލު ވިދާޅުވިއެވެ. އަދި މިފަދަ ބޮޑެތި ލާއިންސާނީ ތުހުމަތުކުރެވޭ އެތައްބަޔަކު މިއަދުވެސް ސަރުކާރުގެ އިސްމަޤާމުތަކުގައި ތިބިކަމަށް ޖަމީލްވަނީ ތުހުމަތުކުރައްވާފައެވެ.

"ވާހަކަ ގިނަނުކުރައްވާ އަމަލުން ތިކަން ސާބިތުކޮށްދެއްވާ. ސަފާރީގައި ޖިންސީ ގޯނާގެ ހާދިސާ ދިޔަ ގޮތުން ތިޔަ ވާހަކަ ޤަބޫލުކުރަން ދަތި. މިފަދަ ކުށްތަކުގެ ތުހުމަތު ކުރެވޭ އެތަށްބަޔަކު އަދިވެސް ތިބީ ސަރުކާރުގެ ވަޒީފާތަކުގައި. އިންސާފު ލިބޭނެކަމާއިމެދު ޝައްކު." ޑރ.ޖަމީލް ވިދާޅުވިއެވެ.

ޖިންސީ ގޯނާއާއި، ރޭޕްކޭސްތައް ރާއްޖޭގައި އިތުރުވެ އާންމުވަމުންދާތީ އެކަމާއި ގިނަބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އަދި މިކަންކަމުގައި ސަރުކާރުގެ އިސްމަޤާމުތަކުގައި ތިއްބެވި ބޭފުޅުން ޝާމިލުވާކަމީ މިފަދަ މައްސަލަތަކުގެ ސީރިއަސްކަން ހާމަވާކަމެއްކަމުގައި އެފަދަ ފަރާތަތަކުން ބުނެއެވެ. އިންސާނިއްޔަތާއި، ދީނާއި ޚިލާފް މިފަދަ މައްސަލަތަކުގައި އެކަށީގެންވާ ތަހުގީގެއް ނުކުރެވި، މިިފަދަ ކުށްތަކަށް އަރައިގަންނަ މީހުންނާއިމެދު ފިޔަވަޅު ނޭޅި މުޖުތަމައުގެ ތެރެއަށް ދޫވެފައިތިބިކަމީވެސް އާންމުންގެ ކަންބޮޑުވުމެކެވެ.

އެގާރަ އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލާގައި ތުހުމަތުކުރެވޭ ހއ. ބާރަށް، ސިލްސިލާގެ، އަނީސް ޙިލްމީ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރެފައިވާއިރު އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައިދިނުމަށް ޕްރޮސެކިއުޓާ ޖެނަރަލް އެދިވަޑައިގެންނެވީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން، ކުށުގެ ތުހުމަތުކުރެވޭ މީހާ ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރެއް ހޯދުމަށް ކޯޓަށް ހުށަހަޅައިދިނުމަށް އެދި ޕީޖީގެ އަރިހުން އެދިވަޑައިގެންނެވުމުންނެވެ. މި މައްސަލަ ތަޙްޤީޤުކޮށް ޝަރީއަތަށް ފޮނުވާފައި މިވަނީ 1 މަސްދުވަހުގެ ތެރޭގައެވެ.


ކިޔުންތެރިންގެ ހިޔާލު


-8

ބަނޑޭރި

13-Jul-2020

ވާހަކަ ގިނަނުކޮށް އަމަލުން މިކަންކަން ދައްކަންޖެހޭނެ ރަގަޅުހެޔޮނަސޭހަތެއް ތިމާގެ އަމަލުހުރީ ދެއްވިނަސޭހަތާއި އެއްގޮތަށްތޯ ބަލާލުން މުހިންމު.


8

އަބޫމުޙައްމަދު

13-Jul-2020

ޝައިޚު ޢީމްރާނުގެ ޖިސްސީ ގޯނާގެ ޢަމަލެއް އެކަން ދިމާވި އަންހެނަކު ކުރީގެ ޖެންޑަރ މިނިސްޓަރަށް ހުށަހެޅުމުން އެއީ ޢަދާލަތު ޕާޓީގެ އިސްމެންބަރަކަށްވާތީ އެކަން އޮއްބައިލީއެވެ. މި ކަން ފުލުހުންނަށް ހުށަހެޅުމުން ހޯމް މިނިސްޓަރުގެ މައްސަލައެއް ނުބެލޭނެކަމަށް ބުނެ އެކަން އޮއްބައިލީއެވެ. މހާރު މިކަން އޭނާ ތަފާތު ފަރާތްތަކާ ޙިއްށކުރުމުން އޭނާއަކީ މޮޔައަކަށް ހަދައި ގުރައިދޫއަށް ފޮނުވާން އުޅެނީއެވެ. ނަމަވެސް އޭނާއަކީ ސަރުކާރުގައި ވަޒީފާ އަދާކުރާ އަދި ކިޔަވައިގެން ހުރި ތަޢުލީމީ ޒުވާން އަންހެންކުއްޖެކެވެ. ރާއްޖޭގެ ޢަދަުލު އިންސާފަކީ ޞަދޫމު ސަހަރުގެ ފުރިހަމަ އިންސާފެވެ.


3

ޖައުފަރު

13-Jul-2020

ޖަމިލް ސިޔާސީ ގޮތުން އެއްވެސް އުރައްޕެއް ހުރި މީހެއް ނޫ ސީދާ ސިޔާސީ ރަންޑި އެއް



ޓްރެންޑިން