ސީންއެއްގައި ފުލުހުން ހަރަކާތްތެރިވަނީ، ފޮޓޯ:ޕޮލިސް
ސީންއެއްގައި ފުލުހުން ހަރަކާތްތެރިވަނީ، ފޮޓޯ:ޕޮލިސް
ހޮވައިގެން ގެނެސްފައިވާ ފައިސާތަކެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މިފައިސާތަކަކީ 2020 ޖުލައި 7 ވަނަ ދުވަހުގެ ވަގުތެއްގައި، މާލޭ އިންޑަސްޓްރިއަލް ޒޯނު ތެރޭގައި ވެއްޓިފައި އޮއްވައި އާންމުފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ފައިސާތަކެއްކަމަށް ފުލުހުން ބުނެއެވެ.

މި ފައިސާތަކުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުވައި އިންސިޑެންޓް ނަންބަރު 459812ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ފައިސާތަކާ ހަވާލުވެލެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން