އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ވިޔަސް ނުވިޔަސް ޤާސިމް އިބްރާހީމް ދެއްވާފައިވާ ހުރިހާ ސްޓޫޑެންޓް ލޯނެއް މާފްކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވުމުން ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަލީ ޒައިދު އެކަމަށް މަރުޙަބާ ވިދާޅުވެ ތައުރީފްކުރައްވައިފިއެވެ.

ޝައިޚް ވަނީ އޮންރަބަލް ގާސިމްއަށް މިކަމާއި ގުޅިގެން މަރްޙަބާ ވިދާޅުވެފައެވެ. އަދި މިއީ އާދަޔާ ޚިލާފު ބޮޑު ނިންމުމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށްވެސް ޝައިޚް ޢަލީ ޒައިދު ވިދާޅުވެފައިވެއެވެ. އަދި ޢިލްމަކީ ޖާހިލްކަމަށް އޮތް ހަމައެކަނި ފަރުވާކަމަށާ، ވެރިކަމަށް ނުހޮވުނު ކަމަށްވިޔަސް މި ލޯނުތައް މާފު ކުރެއްވުމަކީ ފާހަގަކުރުން ޙައްޤުކަމެއްކަމަށް ޝައިޚް ވިދާޅުވިއެވެ.



ޖޭޕީގެ ރިޔާސީ މެނިފެސްޓޯ ލޯންޗު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަމުން ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ރާއްޖޭގެ އެއްވެސް ދަރިއަކު ކިޔަވަން ނަގާފައި އޮތް އެއްވެސް ލޯނެއް ދައްކަން ނުޖެހޭނެ ކަމަށެވެ. އަދި އެމަނިކުފާނު އަމިއްލަ ގޮތުން 8،000 ދަރިވަރުންނަށް ކިޔަވަން އެކި އެހީތަކާއި ލޯނުތައް ދީފައިވާނެ ކަމަށާ، ނަމަވެސް އެ ދަރިވަރުންނަށް ދީފައިވާ ލޯނުތައް ވެސް މިހާރު މައާފުކޮށްފައިވާ ކަމަށް ގާސިމް ރޭ ވިދާޅުވެފައިވެއެވެ. އަދި ޤާސިމަށް ވެރިކަން ލިބިވަޑައިގަތަސް ނުގަތަސް އެމަނިކުފާނު ލޯނު ދެއްވާފައިވާ އެއްވެސް ދަރިވަރަކު އެންމެ ލާރިއެއްވެސް ދައްކަން ނުޖެހޭނެކަމަށް ޤާސިމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން