ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ސަރުކާރުން ގެންނަވާ ދެމެހެއްޓެނިވި ބަދަލަށް ހުވަދުއަތޮޅުގެ ރައްޔިތުން އިތުބާރުކުރާކަމަށާ، ފެނިވަޑައިގަތީ ހުވަދުއަތޮޅުގެ ރައްޔިތުން އިތުބާރާއެކު އުފާވެރި އަމާން ރާއްޖެއިން މި ފާގަތިކަމަށް އެދިއެދިތިބި މިންވަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ކެމްޕެއިން ދަތުރުފުޅެއްގައި ހުވަދުއަތޮޅަށް ވަޑައިގަތުމަށްފަހު ކުރެއްވި ޓްވީޓެއްގައި ރައީސް ވިދާޅުވީ ހުވަދުއަތޮޅު މީހުންނަކީ މަސްވެރިކަމަށް ފަރިތަ ބައެއްކަމަށެވެ. އެމަނިކުފާނަށް ފެނިވަޑައިގަތީ އެއަތޮޅުން މަސްވެރިކަމުގެ ތަރައްގީއަށްޓަކާ މިސަރުކާރުން މި ގެންނަ ދެމެހެއްޓެނިވި ބަދަލަށް އިތުބާރު ކުރާ މަންޒަރުކަމަށެވެ.



ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ މަސްވެރިކަމުގެ ސިނާޢަތު ކުރިއަރުވަން ރާއްޖޭގެ ކުރީގެ ސަރުކާރުތަކަކުން މާބޮޑު ކަމެއްކޮށްފައި ނުވާ ކަމަށެވެ. މީގެ 45 އަހަރުކުރިން އަޅައިފައިހުރި ފެކްޓްރީއެއް ފެލިވަރުގައި ހުރިކަމާއި މީގެ 25 އަކަށް އަހަރު ކުރިން އަޅައިފައި ހުރި މަސްގަނެ ބަންދުކު ކޮށް ގުދަން ކުރާ ކާރުޚާނާއެއް ކޫއްޑޫގައި ހުރިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އޭގެފަހުން މި ސިނާޢަތް ތަރައްޤީ ކުރުމަށްޓަކައި އެއްވެސް ސަރުކާރަކުން މާބޮޑު ކަމެއް ކޮށްފައެއް ނެތް ކަމަށެވެ.

މަސްވެރިކަން ކުރިއަރުވަން ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރައްވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދޭނީ މުޅި ސިނާއަތަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ކަމަށެވެ. މިދައުރުގައި އެކަން އެންމެ ރަނގަޅަށް ނުކުރެވުނީ މިހަރު ސިނާޢަތުގެ ކަންކަން އޮތްގޮތުންނާއި ދުނިޔޭގެ މާކެޓުތަކުގައި މަހުގެ އަގުތައް ހުންނަ ގޮތުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން