ޖިންސީފުރައްސާއާއި، ތަފާތުއެކި މައްސަލަތަކުގައި ފުލުހުންގެ ކަންކަން ބެލުމަށް ޤާނޫނުން ޒިންމާ އުފުލާ އެންމެ އިސްފަރާތްކަމުގައިވާ ހޯމްމިނިސްޓަރ އިމްރާން އަބްދުﷲ ގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ކޮށްފިއެވެ.
ހޯމް މިނިސްޓަރ ޝައިހް އިމްރާން އަބްދުﷲ ޖިންސީ ފުރައްސާރަކުރިކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އޯޑިއޯއާއި ގުޅިގެން ފުލުހުން ބުނެފައިވަނީ އެ އޯޑިއޯގެ ސައްހަކަން ފުލުހުން ބަލަމުންދާކަމަށެވެ. ނަމަވެސް މިމަައްސަލަޔަކީ އެއްވެސް ބަޔަކު ފުލުހަށް ހުށަހަޅައިގެން ބަލަމުންދާ މައްސަލައެއް ނޫންކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން ބުނީ މިއޯޑިއޯގެ ސައްހަކަން ބެލުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށެވެ.
ލީކުވެފައިވާ މި އޯޑިޔޯގައި އަންހެނަކު އޭނާގެ ޖިންސީ ގުނަވަނެއްގައި އިމްރާން ހިފިކަމަށް ބުނެފައިވެއެވެ. އަދި ކުރީގެ ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފަކީ އިމްރާންގެ ޖިންސީ ބޭނުން ފުއްދުމަށް ބޭނުންކުރާ މީހެއްކަމަށްބުނެ އޯޑިއޯގައި ވާހަކަ ދައްކާފައިވެއެވެ. އިމްރާން އަކީ އެކި ފަހަރުމަތީން އަންހެނުންނަށް ޖިންސީ ގޯނާ ކުރަމުންދާ މީހެއްކަަމަށްވެސް މި އޯޑިޔޯގައި ބުނެފައިވެއެވެ.
ޖިންސީ އަނިޔާ ލިބުނު ކަމަށް ބުނާ އެ މީހާ އެ މައްސަލަ ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމަށް ދެ ފަހަރެއްގެ މަތިން މިނިސްޓްރީއަށްވެސް ގޮސްފައި ވެއެވެ. އެހެން ނަމަވެސް އެކަން ބަލާފައެއް ނުވެއެވެ.
ޖެންޑާ މިނިސްޓަރުގެ ނައިބުންގެ ތެރޭގައި މިނިސްޓަރު އިމްރާންގެ މިހާރުގެ އަނބިކަނބަލުން ފާތިމަތު ޔުމްނާ ވެސް ހިމެނޭއިރު، އެ އަންހެން މީހާ ދެ ފަހަރެއްގެ މަތިން ޔުމްނާއާ ބައްދަލު ކުރުމަށް ހުށަހެޅި ކަމަށް އޭނާ ބުނެއެވެ. ނަމަވެސް ފުރުސަތު ދީފައި ނުވާކަމަށް އޭނާ ބުނެއެވެ.
އިމްރާން އޭނާގެ ޖިންސީ ގުނަވަނެއްގައި ހިފި ކަމަށާއި އެކަން ކުރީ ކޮންތާކުކަން ވެސް އޭނާ ކިޔައިދެއެވެ. ނަމަވެސް މި އޯޑިއޯއިން އަޑުއިވެނީ ހަމައެކަނި އެ ވާހަކަ ދައްކާ މީހާގެ އަޑު އެކަނި ކަމަށްވާތީ މިއީ ފޯނުކޮށްލެއްގެ އޯޑިއޯއެއް ކަމެއް ނުވަތަ އެހެން ގޮތަކުން ރެކޯޑްކޮށްފައިވާ އޯޑިއޯއެއް ކަމެއް ވެސް ސާފެއް ނުވެއެވެ. އަދި މި އޯޑިއޯގެ ސައްހަ ކަމެއްވެސް އަދި ސާބިތު ކުރެވިފައެއް ނުވެއެވެ.
ވަޒީރު އިމްރާނު ވަރަށް ފަހުން ވަނީ ދެވަނަ ކައިވެންޏެއް ކުރައްވައި ކުރީގެ އަނބި ކަނބަލުން ދޫކޮށްލައްވާފައި ކަން ވަނީ ޔަގީން ވެފައެވެ. އިމްރާން ކައިވެނި ބައްލަވައި ގަތީ ޖެންޑަރ މިނިސްޓްރީގެ އިސް މަގާމެއް އަދާ ކުރައްވާ ބޭފުޅަކާއެވެ.
ދައުލަތުގެ އެންމެ އިސްމަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ޖިންސީ ގޯނާގެ ތުހުމަތު ކުރެވެމުންދާއިރު، މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު ވަނީ މަޤާމުން ވަކި ކުރައްވާފައެވެ. އަދި ރައީސް އޮފީހުގެ އިސްބޭފުޅަކަށްވެސް މިފަދަ ތުހުމަތުތަކެއް ކުރެވި ރޭގައި ވަނީ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު