އެޗްއާރުސީއެމްގެ ރައީސާ އައިމިނަތު އީނާސް އަދި ކޮމިޝަންގެ މެންބަރު އައިޝަތު އަފްރީން މުހައްމަދު މިއަދު މަގާމުން އިސްތިއުފާ ދެެއްވައިފި އެވެ.
ދެ މެންބަރުން އިސްތިއުފާ ދެއްވާފައިމިވަނީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ މެންބަރުން ވަކި ކުރުމުގެ މައްސަލަ ދިރާސާކޮށް ކުރިއަށް ގެންދަން ޖެހޭ އިޖުރާއަތްތައް ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވާފަައިވަނިކޮށެވެ.އެ މައްސަލައާއި ގުޅިގެން މިއަދުގެ ނިޔަލަށް މަޖިލީހަށް ޖަވާބުދާރީވުމަށް އެޗްއާރްސީއެމްގެ މެންބަރުންނަށް ޖެންޑަ ކޮމެޓީން ވަނީ ފުރުސަތު ދީފައެވެ. އީނާސް މަގާމުން އިސްތިއުފާ ދެއްވީ ލިޔުމުން ކޮމެޓީއަށް ޖަވާބުދާރީވުމަށްފަހު އެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހު ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ އެޗްއާރުސީއެމް މެންބަރުން ވަކިކުރުމަށް ކުރަން ޖެހޭ ކަންކަން ކުރިއަށް ގެންދިއުމަށް އެދި ހިއުމަން ރައިޓްސް ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދު އެމަނިކުފާނަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެ މައްސަލަ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
އެޗްއާރުސީއެމްގެ މެންބަރުން ވަކިކުރުމުގެ މަސައްކަތް ކުރުމަށް ހިއުމަން ރައިޓްސް ކޮމިޓީން އެދި ތަޅުމަށް ފޮނުވިއިރު، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި އެޗްއާރުސީއެމްގެ މެންބަރުން އެދެވޭ ގޮތެއްގައި މަސައްކަތް ކުރަމުން ނުދާ ކަމަށް އެ ކޮމިޓީން އެކުލަވާލި ރިޕޯޓުގައިވެއެވެ
އެ ރިޕޯޓަކީ، ކޮވިޑް-19 ގެ ސަބަބުން ވިޔަފާރިތަކާއި އާންމު ފަރުދުންގެ އާމްދަނީ އާއި މާލީ ހާލަތު ދަށްވާތީ ސަރުކާރުން ފަށާ މަސައްކަތްތަކަށް ރައްޔިތުންގެ މަޖިލީހުން ލަފާ ދިނުމަށް މެޖޯރިޓީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި މައްސަލަ އެ ކޮމިޓީން ދިރާސާކޮށް އެކުލަވާލި ރިޕޯޓެކެވެ.
އެޗްއާރުސީއެމްގެ މެންބަރުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ކޮމިޓީއަށް ފޮނުވިއިރު، އެ ކޮމިޝަންގައި މިހާރު ތިއްބެވި ފަސް މެންބަރުންނަކީ ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކޮމިޝަނަށް އައްޔަން ކޮށްފައިވާ މެންބަރުންނެވެ.
އެޗްއާރުސީއެމްގެ މެންބަރުންގެ ގޮތުގައި މިހާރު ތިއްބެވީ ކޮމިޝަންގެ ރައީސް އައިމިނަތު އީނާސް އާއި ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ޒާހިދު އާއި، މެންބަރު މޫސާ އަލީ ކަލޭފާނާއި މެންބަރު ނައިވީން އަބްދުﷲ ގެ އިތުރުން މެންބަރު އާއިޝަތު އަފްރީން މުހައްމަދެވެ.

ކިޔުންތެރިންގެ ހިޔާލު