ނ.ކުޑަފަރިން، މަނަދޫ ހޮސްޕިޓަލަށް ގެންދިއުމަށްފަހު އެ ރަށުން މާލެއަށް ގެނައި އުމުރުން ދުވަސްވީ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ކުޑަފަރީއަށް އަރާ ފޭބުން މަނާކޮށްފި އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ކުޑަފަރީ ކައުންސިލަށް ފޮނުވާފައިވާ ލިޔުމެއްގައި ބުނެފައިވަނީ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަކި ގޮތެއް އަންގަންދެން ރަށަށް އަރާ ފޭބުން މަނާވާނެ ކަމަށެވެ. އެޗްޕީއޭ އިން އެރަށް މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.
ކުޑަފަރީ ކައުންސިލުން ބުނީ އެ ރަށުން މާލެ ފޮނުވި އުމުރުން 90 އަހަރުގެ މީހަކަށް ކޮވިޑް ޖެހިފައިވާ ކަން އަންގާފައިވާ ކަމަށެވެ. އެމީހާއަކީ ފާހާނާއިން ނުކުންނަނިކޮށް ވެއްޓި ފަޔަށް ލިބުނު އަނިޔާ އަކާއި ގުޅިގެން އެ އަތޮޅު މަނަދުއަށް ގެންގޮސް އިތުރު ފަރުވާއަށް މާލެ ފޮނުވާލި މީހެއް ކަމަށް ކުޑަފަރީ ކައުންސިލުން ބުނެއެވެ.
މި މީހާ މާލެ ގެނެސްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. މާލެ ގެނައުުމަށް ފަހު އެންމެ ފުރަތަމަ ހެދި ޓެސްޓު ޕޮޒިޓިވް ވުމުން މިހާރު ވަނީ ދެވަނަ ޓެސްޓު ހެދުމަށް ސާމްޕަލް ނަގާފައެވެ.
މީގެ ކުރިން ވެސް މި ގޮތަށް މާލެ ގެނެސް ފުރަތަމަ ޓެސްޓުން ޕޮޒިޓިވްވި ބައެއް މީހުން ދެވަނަ ޓެސްޓު ނެގަޓިވް ވެފައިވާ ކަން ފާހަގަކުރެވެއެވެ.
ރާއްޖޭގައި މިހާރު ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 2600 އަށްވުރެ މައްޗަށް އަރާފައެވެ. އަތޮޅުތަކުގެ އެކި ރަށްރަށުން ވެސް މިހާރު ވަނީ ބަލި ފެންނަން ފަށާފައެވެ

ކިޔުންތެރިންގެ ހިޔާލު