އެންއައިސީން އިސްތިއުފާ ދެއްވި މެންވަރުން
އެންއައިސީން އިސްތިއުފާ ދެއްވި މެންވަރުން
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ނާއިބް ރައީސް ހައްސާން ހަމީދު އަދި އެކޮމިޝަންގެ އިތުރު ދެ މެންބަރަކު މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އެންއައިސީގެ މެންބަރު ހަދީޖާ އަބްދުﷲގެ އިތުރުން ކޮމިޝަންގެ މެންބަރު އަހުމަދު އަމީންއެވެ. މި ތިން ބޭފުޅުން ވަނީ މަގާމުން އިސްތިއުފާ ދެއްވާ ރައީސް ސޯލިހަށް މިއަދު އިސްތިއުފާގެ ސިޓީވެސް ފޮނުއްވާފައެވެ. އިސްތިއުފާ ދެއްވި އެންއައިސީގެ ނާއިބް ރައީސް ހައްސާން ހަމީދު އަދި މެންބަރު ޚަދީޖާ އަބްދުﷲ އަލީ ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ބޭފުޅުންނެވެ.

އެންއައިސީން ތިން ބޭފުޅަކު އިސްތިއުފާ ދެއްވާފައިވާއިރު އެ ކޮމިޝަންގެ ހަތަރު މެންބަރަކު ވަކި ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އެންއައިސީ މެންބަރުންގެ މައްސަލަ ބެލުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ތެރެއިން ސަބް ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ. ސަބް ކޮމިޓީއާ ހަވާލު ކޮށްފައި ވަނީ ނޫސްވެރިޔާ އަހުމަދު ރިލްވާން މަރާލި މައްސަލާގައާއި ބަޔަކަށް އަނިޔާކުރި ފުލުހުންތަކެއްގެ ދިފާއުގައި ސޯޝަލް މީޑިއާ ކެމްޕޭނެއް ކުރި ފުލުހުންގެ މައްސަލަތަކުގައި އެންއައިސީން އަމަލުކުރި ގޮތް ބެލުމަށެވެ.

ސަބް ކޮމިޓީގެ މަސައްކަތް ނިންމައި އެކުލަވާލި ރިޕޯޓުގައި އެންއައިސީގެ ހަތަރު މެންބަރަކު އެކަށީގެންވާ ގޮތަކަށް މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރާ ކަން ވަނީ ފާހަގަކޮށްފައެވެ. އެއީ ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާނާއި ކޮމިޝަންގެ ނައިބު ރައީސް ހައްސާން ހަމީދާއި، މެންބަރު އަހުމަދު އަމީނާއި، މެންބަރު ހަދީޖާ އަބްދުﷲ އެވެ. އެންއައިސީއަކީ ކަސްޓްމްސް އާއި ފުލުހުންނާއި ކަރެކްޝަންސްގެ އިތުރުން އިމިގްރޭޝަންގެ މުވައްޒަފުން ކުރާ ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ތަހުގީގު ކުރުމަށާއި އެފަދަ ކަމަކަށް ތުހުމަތުކުރެވި މައްސަލައެއް ހުށަހަޅައިފިނަމަ އެ ކަން ތަހުގީގު ކުރަން އުފައްދާފައިވާ ކޮމިޝަނެކެވެ



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން