އަހުމަދު އިބްރާހިމް   13 އޯގަސްޓު 2023 - 4:55
އިތުރު ދައުރަކަށް އިންތިޚާބުވެއްޖެނަމަ ނ.މަނަދުއަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަޢުދުވެވަޑައިގެންފިއެވެ.

ރައީސް ވިދާޅުވީ ނ.އަތޮޅުގެ ތަރައްޤީއަށް މިދައުރުގެ ތެރޭގައި ގިނަ ކަންކަން ކުރެވިފައިވާކަމަށެވެ. އެގޮތުން މިއަތޮޅު މަނަދުއަށްވެސް މުހިންމު ގިނަ ކަންކަން ކުރައްވާފައިވާނެކަމަށާ، ބައެއް މަޝްރޫޢުތަކުގެ މަސައްކަތް މިހާރުވެސް ހިނގަމުންދާކަމަށެވެ.

މިފަހަރުގެ ކެމްޕެއިނަށް މަނަދުއަށް ވަޑައިގަތުމުން ރައްޔިތުންގެ ފަރާތުން އިވިވަޑައިގެންނެވި ވާހަކަތަކާއި ރައްޔިތުންގެ ބޭނުންތަކުގެ މައްޗަށް ބައްލަވާލައްވަމުން ރައީސް ވަނީ ޖުމުލަ 8 ކަމެއް ކުރައްވާނެކަމަށް ވަޢުދުވެވަޑައިގެންފައެވެ. އެމަނިކުފާނު ވިދާޅުވީ އަންނަމަހުގެ 9ވަނަ ދުވަހަކީ އެކަންކަން ކުރުމުގެ ފުރުސަތު ރައްޔިތުން އެމަނިކުފާނަށް އަރުވާނީތޯ ނުވަތަ ނޫންތޯ ކަނޑައަޅާ ދުވަސްކަމަށެވެ. ރައްޔިތުންގެ ފުރިހަމަ ތާޢީދާއެކު ތަރައްޤީގެ މަސައްކަތްތައް ކުރުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެކަމާމެދު އެއްވެސް ޝައްކެއް ނުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

ނ. މަނަދުއަށް ރައީސް ވެވަޑައިގެންނެވި ވަޢުދުތައް:

1 - މަނަދޫ ހުރިހާ މަގެއް ހަދައި ނިންމައިދޭނަން

2 - މަނަދޫގައި ކުރިން އަޅާފައި އޮތް ނަރުދަމާ ނިޒާމު މައްސަލަޖެހިފައިވާތީ އެކަންވެސް ޙައްލުކޮށްދޭނަން

3 - މަނަދޫގައި އައިސްޕްލާންޓެއް، ބަހައްޓާނަން

4 - މަނަދޫގައި ލޯކަލްމާރުކޭޓެއް ހަދާނަން

5 - މަނަދޫގައި ސްކޭޓްޕާކެއް ހަދާނަން

6 - މަނަދޫ ބަނދަރުހަދާ ނިމޭއިރު ދެކުނުކޮޅުގައި ޖެޓީއެއް ހަދާނަން

7 - މަނަދޫ އިތުމަތީ ފަރާތުގައި ފިކްނިކް އައިލެންޑެއް ހިއްކައި ތަރައްޤީކުރާނަން

8 - މަނަދޫ ރަށްގިރުމުގެ މައްސަލައަށް ހައްލެއް ގެނެސްދޭނަން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ މިދައުރުގައި ނ.މަނަދޫގައި ޖުުމުލަ 21 މަޝްރޫޢެއް ހިންގަވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން