ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ރައީސްގެ މަގާމުން މިއަދު އިސްތިއުފާ ދެއްވި އައިމިނަތު އީނާސް އެ މަގާމުގައި ހުންނަވައިގެން އެތައް ކުށްތަކެއް ކުރައްވާފައިވާ ކަމަށާ އެކަންކަން ތަހުގީގުކުރަން ޖެހޭ ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު މިއަދު ވިދާޅުވެއްޖެ އެވެ.
އެޗްއާރުސީއެމްގެ ހުރިހާ މެންބަރުން ވަކި ކުރުމުގެ މައްސަލަ ދިރާސާކޮށް ކުރިއަށް ގެންދަން ޖެހޭ އިޖުރާއަތްތައް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ކުރަމުން ދަނިކޮށް އެ ކޮމިޝަންގެ ރައީސާ އައިމިނަތު އީނާސްއާއި އެ ކޮމިޝަންގެ މެންބަރު އައިޝަތު އަފްރީން މުހައްމަދު މިއަދު ވަނީ ކޮމިޝަންގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވާފައެވެ.
އީނާސްގެ އިސްތިއުފާއާ ގުޅިގެން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އީނާސް ކުރައްވާފައިވާ ކުށްތަކަށް ޖަވާބުދާރީ ވުމަށް މަޖިލީހަށް ހާޒިރުވުމަށް އެންގުމުން އިސްތިއުފާ ދެއްވުމުން އެ މައްސަލަތައް ނިމިގެން ނުވާނެ ކަމަށެވެ.
"އީނާސް ހިންގަވާފައިވާ ކުށްތައް ތަހުގީގު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރު ކުރަންޖެހޭ" ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމަށްވެސް ޓެގް ކުރައްވައި ސިރާޖް ވިދާޅުވިއެވެ.
ޢީނާސް ރައީސް ކަމުންނާއި މެންބަރުކަމުން އިސްތިއުފާ ދެއްވާފައިމިވަނީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ މެންބަރުން ވަކި ކުރުމުގެ މައްސަލަ ދިރާސާކޮށް ކުރިއަށް ގެންދަން ޖެހޭ އިޖުރާއަތްތައް ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވާފަައިވަނިކޮށެވެ.
ޒއެ މައްސަލައާއި ގުޅިގެން މިއަދުގެ ނިޔަލަށް މަޖިލީހަށް ޖަވާބުދާރީވުމަށް އެޗްއާރްސީއެމްގެ މެންބަރުންނަށް ޖެންޑަ ކޮމެޓީން ވަނީ ފުރުސަތު ދީފައެވެ. އީނާސް މަގާމުން އިސްތިއުފާ ދެއްވީ ލިޔުމުން ކޮމެޓީއަށް ޖަވާބުދާރީވުމަށްފަހު އެވެ. އެޗްއާރުސީއެމްގެ މެންބަރުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ކޮމިޓީއަށް ފޮނުވިއިރު، އެ ކޮމިޝަންގައި މިހާރު ތިއްބެވި ފަސް މެންބަރުންނަކީ ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކޮމިޝަނަށް އައްޔަން ކޮށްފައިވާ މެންބަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު