ޝައިހް އަލީ ޒައިދު
ޝައިހް އަލީ ޒައިދު
ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް އަމާޒުވާ ތުހުމަތު ތަކަކީ ވާދަވެރިން އޭނާގެ އަބުރު ކަތިލަން ޖައްސާ ގޭމެއްގެ ގޮތުގައި މަޝްހޫރު ދީނީ އިލްވެރިޔާ ޝައިހް އަލީ ޒައިދު މިއަދު ސިފަކުރައްވައިފިއެވެ.

ޝޯސަލް މީޑިޔާގައި ދައުރުވަމުންދާ އޯޑިޔޯ އެއްގައި އަންހެނަކު ވަނީ އޭނާގެ ޖިންސީ ގުނަވަނެއްގައި އިމްރާން ހިފިކަމަށް ތުހުމަތުކޮށްފައެވެ. އަދި އިމްރާނަކީ އޭނާ ނޫނަސް އެހެން އަންހެނުންނާވެސް އެފަދަ ގުޅުންތައް ބާއްވަމުންދާ މީހެއް ކަމަށް އޯޑިއޯގައި ވާހަކަދައްކާ އަންހެން މީހާ ބުނެފައި ވެއެވެ. އަދި ކުރީގެ ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފަކީ އިމްރާނަށް އެފަދަ ކަންކަމުގައި އެހީތެރިވާ ބޭފުޅެއް ކަމުގައިވެސް އެ އޯޑިއޯގައި ވާހަކަ ދައްކާ މީހާ ބުނެފައިވެއެވެ.

އިމްރާން އަކީ އެކި ފަހަރުމަތީން އަންހެނުންނަށް ޖިންސީ ގޯނާ ކޮށްފައިވާ މީހެއްކަަމަށްވެސް މި އޯޑިޔޯގައި އެ އަންހެންމީހާ ބުނެ އެވެ. ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުﷲ ޖިންސީ ފުރައްސާރަކުރިކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އޯޑިއޯއާއި ގުޅިގެން ފުލުހުން ބުނެފައިވަނީ އެ އޯޑިއޯގެ ސައްހަކަން މިހާރު ބަލަމުންދާކަމަށެވެ.

އެކަމާ ގުޅިގެން ޝައިހް އަލީ ޒައިދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "ހޯމް މިނިސްޓަރ އިމްރާން އަބުދު ﷲއަށް ގޮތެއް ހަދާ ނުލެވުމުން އެންމެ ފަހުން އޭނާގެ އަބުރު ކަތިލުމަށް" ވާދަވެރިން ގޭމް ކުޅެން ފަށާފައިވާ ކަމަށެވެ. އަދި އިމްރާނަކީ ހެއު ރަނގަޅު ބޭފުޅެއް ކަމަށް ޝައިހް އަލީ ޒައިދު ވިދާޅުވިއެވެ.

"ހެއްކެއް ނެތި އަބުރު ކަތިލުމަށް ދައްކާ މި ޒާތުގެ ހޮޅި ވާހަކަތަކާއި ހެދި ހަގީގީ މައްސަލަތައް ނޭގި އޮޅިގެންދޭ." ޝައިހް އަލީ ޒައިދު ވިދާޅުވިއެވެ.

ހޯމް މިނިސްޓަރ އިމްރާން އަބުދު ﷲގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުތަކާއި ގުޅިގެން އޭނާ މިހާތަނަށް ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދަށް ކުރެވުނު ޖިންސީ ގޯނާގެ ތުހުމަތު ތަކާއި ގުޅިގެން އަލީ ވަހީދު ވަނީ މަގާމުން ވަކިކޮށްފައެވެ. އަލީ ވަހީދުގެ މައްސަލަ ފުލުހުން މިހާރު ތަހުގީގް ކުރަމުންދާއިރު ކޯޓް އަމުރެއްގެ ދަށުން އޭނާގެ ޕާސްޕޯޓް ހިފަހައްޓައި ރާއްޖެއިން ފުރުން ވެސް މިހާރު ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން އަލީ ވަހީދުގެ ފޯނާ ލެޕްޓޮޕާ އިތުރު އިލެކްޓޯނިކްސް ސާމާނުވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލު


7

މުނީރު ހަސަން

19-Jul-2020

عمران ދެއަގައިންވާހަކަދައްކައިގެން އަމިއްލައިން އަބުރުނަގައިނުލާތޯ.


5

މުރާސިލް

13-Jul-2020

ޙައްގުން އެއްކިބާވެ ދޮގުވާހަތަށް ދައްކައިގެން ރައްޔިތުންނަށް ދިން އަނިޔާއާއި ގައުމަށް ވަމުންދާ ގައްދާރުގެ ރަހަ ތި ޝޭޚުން ދެކޭނީ ތިފަދަ ލަދުވެތި ގޮތަކަށް.



ޓްރެންޑިން