ޓުއަރިޒަމް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމުގައި ހުރި އަލީ ހާޝިމް ސްމިތު ސޯޝަލް މީޑިއާގައި އަންހެނަކަށް ފުރައްސާރަކުރި މައްސަލަ ބަލަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ވިދާޅުވެއްޖެއެވެ.
9 އަންހެން ކުދިން ތަނަކަށް ގެންދިޔަ ކަމަށް ބުނާ ބުނުމަކީ ކާމިޔާބެއް ކަމަށް ބުނެ އޭނާގެ އަމިއްލަ ފޮޓޯއެއް އަމިއްލަ ޓްވިޓަރ އެކައުންޓުން ޝެއަރަކޮށް ކުރި ޓްވީޓަކަށް ރައްދުދިން ޒުވާން އަންހެނަކަށް ސްމިތު ވަނީ ޖިންސީ ފުރައްސާރައަށް ވާގޮތަށް ވަރަށް ހުތުރުކޮށް ރައްދު ދީފައެވެ.
"ލަމް ރޭޕް ކުރީމަ ކަޑަވަނީ ދޯ." ސުމިތަށް ފާޑުކީ ޒުވާނާއަށް ރައްދު ދިނުމުގެ ގޮތުން ސުމިތު ބުނެފައި ވެއެވެ.
އެކަމާއި ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވާން ފެށުމުން ރައީސް އޮފީހުގެ ތަރުޖަމާނު ހޫދު ވަނީ، ހަގީގަތުގައިވެސް އެއީ ވަރަށް ހުތުރު އަދި ލަދުވެތި ބަހުރުވަ ބޭނުން ކޮށްފައިވާ ޓްވީޓެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.
"އެ ބަހުރުވައަކީ (ސުމިތު ބޭނުން ކޮށްފައިވާ ބަހުރުވައަކީ) ވަރަށް ލަދުވެތި ވަރަށް ދަށް ފެންވަރުގެ ބަހުރުވައެއް. އެއްވެސް މީހަކަށް ރައްދު ދިނުމަށް އެފަދަ ބަހުރުވައެއް ބޭނުންކޮށްގެން ނުވާނެ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މި މައްސަލަ މިހާރު ދަނީ ބަލަމުން." ހޫދު ވިދާޅުވިއެވެ.
އެ މައްސަލަ މިހާރު ބަލަމުން ދާކަމަށް އެނގިވަޑައިގެންފައިވާ ކަމަށް ހޫދު ވިދާޅުވެފައި ވީ ނަމަވެސް އޭގެ އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.
"ގަމާރުތަ؟ 9 އަންހެން ކުދިން ގެންދިއުމަކީ ކާމިޔާބު ވުމެއް ނޫން. މި ޚަބަރަކީ ދޮގު ޚަބަރަކަސް، ތެދު ޚަބަރަކަސް މާކަ ރީއްޗެއް ނޫން ތިހެން ބުނަން. ލަދުން ބޯ ހަލާކު." މާގިރި ހޮޓަލަށް 9 ކުދިން ގެންދިޔަ ކަމަށް ބުނާ ބުނުމަކީ ކާމިޔާބު ކަމެއް ކަމަށް ސިފަކޮށް ސުމިތު ކޮށްފައިވާ ޓްވީޓަށް ރައްދު ދީފައިވާ އާމިނަތު ލަމްހާ އަސްލަމް ނަމަކަށް ކިޔާ މީހެއްގެ ޓްވިޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓްގައި ބުނެފައި ވެއެވެ.
ސުމިތު ފަހުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ އޭނާ ބުނެފައިވާ އެއްޗެއް މާނަ އޮޅިފައިވަނީ އޭނާގެ ޓްވީޓްގައި ކުރުކޮށް ބުނަން ހަދައިގެން ކަމަށެވެ.
"އެހެން މިބުނީ ކުރުކޮށް އަވަސް އަރުވާލައިގެން ލިޔުނީމަ މާނަ ނުބައިކޮށް ނަންގަވައިގެން ވެސް މޮޔަވުން މިއޮތީ." ސުމިތުގެ ޓްވީޓް މާނަކުރުމުގެ ގޮތުން ފަހުން ކޮށްފައިވާ ޓްވީޓްގައި ބުނެފައި ވެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ތަކަކަށް އެމިނިސްޓްރީގެ ކުރީގެ ވަޒީރު އަލީ ވަހީދު ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއްގައި އަލީ ވަހީދާއެކު އޭނާއަށް ވާގިވެރިވާން އެމިނިސްޓްރީގެ އިތުރު ސިޔާސީ ބަޔަލު ބައިވެރިވެފައިވާ ކަމަށް ނޫސްތަކުން ރިޕޯޓް ކޮށްފައިވާއިރު އެރިޕޯޓްގައި ސުމިތުގެ ނަން ހިމެނިފައި ވެއެވެ. ސުމިތު ކޮށްފައިވާ ޕޯސްޓުގައި ހިމެނޭ ފޮޓޯއަކީ އެ ރިޕޯޓާއި ގުޅޭ މައުލޫމާތަށް ބިނާކޮށް ހަދާފައިވާ ފޮޓޯއެކެވެ.

ކިޔުންތެރިންގެ ހިޔާލު