ސިއްހީ އޮފިޝަލަކު ރެންޑަމް ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވަނީ
ސިއްހީ އޮފިޝަލަކު ރެންޑަމް ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވަނީ
ރާއްޖެ އިން މިއަދު އިތުރު 67 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 52 ދިވެހިންނާއި ބަންގްލަދޭޝްގެ 14 މީހަކާއި އިންޑިއާ މީހެއް ކަމަށް އެޗްޕީއޭ އިން ބުނެއެވެ. މިއަދު ބަލިޖެހުނު 67 މީހުންނާއެކު މިހާރު ވަނީ ބަލިޖެހުނު މީހުންގެ އަދަދު 2731 އަށް އަރާފައެވެ.

މިއަދު ބަލިން ރަނގަޅުވި 16 މީހުންނާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 2284 އަކަށް އަރާފައެވެ. މިވަގުތު ބައްޔަށް ފަރުވާ ކުރަމުންދަނީ 419 މީހުންނެވެ. އައިސޮލޭޝަންގައި 353 މީހުން ތިބިއިރު ކަރަންޓީންގައި ތިބީ 71 މީހުންނެވެ. މި ބަލީގައި ރާއްޖެ އިން މިހާތަނަށް މަރުވެފައިވަނީ 13 މީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން