ޓްއަރިޒަމް މިނިސްޓްރީގެ ހުރިހާ ސިޔާސީ ބޭފުޅުން ވަކިކޮށް އާ ބޭފުޅުން އައްޔަން ކުރަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން (ގިޓާ) ވިދާޅުވެއްޖެއެވެ.
ޓުއަރިޒަމް މިނިސްޓްރީ ރިފޯމް ކުރަން ޖެހޭ ކަމަށް ވިދާޅުވެ ޝިޔާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީގެ ބައެއް ބޭފުޅުންގެ ސަބަބުން އެ މިނިސްޓްރީގެ ނަން ކިލަނބުވެފައިވާ ކަމަށެވެ.
"މިވަގުތު މިނިސްޓްރީގައި ތިބި ސިޔާސީ އެންމެ ބޭފުޅުންގެ ބަދަލުގައި އެހެން ބޭފުޅުން އައްޔަން ކޮށްގެން ނޫނީ ދެން އެވުޒާރާ ރަނގަޅުވާނެ ކަމަކަށް ނުދެކެން. ބައެއްގެ އަމަލުތަކުގެ ސަބަބުން އެވުޒާރާ އޮތީ ވަރަށް ބޮޑަށް ކިލަނބުވެފައި." ޝިޔާން ވިދާޅުވިއެވެ.
މުވައްޒަފުން ތަކަކަށް ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތުގައި ޓުއަރިޒަމް މިނިސްޓަރުގެ މަގާމުން އަލީ ވަހީދު ދުރުކޮށްފައި ވާއިރު މިނިސްޓްރީގެ ބައެއް އެހެން ސިޔާސީ މުވައްޒަފުންގެ މައްޗަށް ވެސް ދަނީ ބޮޑެތި ތުހުމަތުތަކެއް ކުރެވެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު