އަންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިހާރު އަތޮޅުތަކަށް ކުރައްވަމުން ދާ ދަތުރުފުޅުތަކުގެ ތެރެއިން އެމްޑީޕީގެ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިއަދު އއ. އަތޮޅަށް ވަޑައިގަންނަވައިފިއެވެ.

ރައީސް ޞާލިޙް މިއަދު އއ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަތީ އއ. ތޮއްޑޫއަށެވެ.

ތޮއްޑޫއަށް އެމަނިކުފާނު ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ރައީސް އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުތަކުގައި އެންމެ ފުރަތަމަ އޮންނަނީ ކޮންމެ ރަށެއްގައި ބަނދަރުމަތީގައި ބާއްވާ ބައްދަލުވުމެވެ. މިބައްދަލުވުމުގައި ރައީސް ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި ޙާލުއަހުވާލު އައްސަވައި ހައްދަވާނެއެވެ. އަދި ރައްޔިތުންނަށް ދަތިވެފައިވާ ކަންމަމާއި ރައްޔިތުންގެ ޝަކުވާ ސީދާ ރައީސް އަޑުއައްސަވައެވެ.

މިދަތުރުފުޅުގައި ރައީސް ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ކުރެއްވުމުގެ އިތުރުން ސަރުކާރުން އެރަށްރަށުގައި ކުރިއަށް ގެންދެވި އެކިއެކި މަޝްރޫއުތަކުގެ ތެރެއިން މިހާރު ނިމިފައިވާ ބައެއް މަޝްރޫޢުތަކުގެ ޚިދުމަތް އިފްތިތާހުކޮށްދެއްވާނެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ޞާލިޙް މިހާތަނަށް ވަނީ ހއ. ށ. ނ. ވ، މ، ދ އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެންފަ އެވެ.

މީގެ އިތުރުން ގއ. އަތޮޅާއި ގދ. އަތޮޅާއި ފުވައްމުލަކަށް ރައީސް ޞާލިޙް ވަޑައިގެންނެވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން