ކޯވިޑް-19ގެ ބަލިމަޑުކަން މާލޭ ސިޓީގައި ހަލުވި ކަމާއެކު ފެތުރެމުންދާތީ ބޭރަށް ނުކުންނައިރު މާސްކް އަޅަން މަޖުބޫރު ކުރަންޖެހޭ ކަމަށް ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ ) ވިދާޅުވެއްޖެއެވެ.
"ރަސް އޮންލައިން" އަށް ދެއްވި އިންޓަވިއު އެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ކުރީގެ ރައީސް ކަންވެސް ކުރެެއްވި ޑރ. އިބްރާހިމް ދީދީ ވިދާޅުވީ މާލެ ފަދަ ތޮއްޖެހިފައިވާ ތަނެއްގައި ބޭރަށް ނުކުންނައިރު މާސްކު އެޅުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. މާސްކް އަޅައިގެން ބޭރަށް ނުކުންނަމަ ބައްޔަށް ޕޮޒިޓިވްވާ މީހުން މަދުވެ ބަލި ފެތުރުން ކޮންޓްރޯލް ކުރެވޭނެ ކަމަށް ވެސް ޑރ. ޑީޑީ ވިދާޅުވިއެވެ.
މީގެ އިތުރުން ކެފޭ ރެސްޓޯރެންޓް ތަކުގައި ދުންފަތުގެ އިސްތިއުމާލް ކުރުން ހުއްޓުވާ ގަޑިތައް އިތުރުކުރުން މުހިންމު ކަން ޑރ. ޑީޑީ ވަނީ ފާހަގަކުރައްވާފައެވެ.
"ބަލި ފެތުރެމުން މިދާ މިންވަރަށް ބަލާއިރު މާލެ ފަދަ ބިންކުޑަ ތޮއްޖެހިފައިވާ އާބާދީ އެއްގައި ބޭރަށް ނުކުންނައިރު މާސްކް އަޅަން މަޖުބޫރުކުރަންޖެހޭ، އެހެން ނޫނީ ރާއްޖޭގެ ސިއްހީ ނިޒާމަށް ނުކަތާ ވަރަށް ބަލި ފެތުރި އިތުރު ފުން ވަޅުގަނޑަކަށް ވެއްޓޭނެ." ކުރީގެ ފިޝަރީޒް މިނިސްޓަރު ކަން ކުރެއްވި ދަތުގެ ޚާއްސަ ޑޮކުޓަރ ޑީޑީ ވިދާޅުވިއެވެ.
މިހާތަނަށް އެއް ދުވަސް ތެރޭގައި ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވް ނުވާހާ ގިނައިން އިއްޔެ ދިވެހިން އެ ބައްޔަށް ޕޮޒިޓިވްވެ، ރާއްޖޭގައި މި ބަލި ޖެހުނު ދިވެހިންގެ އަދަދު ހާހަކަށް ވުރެ މައްޗަށް މިހާރު ވަނީ އަރާފައެވެ. އެޗްޕީއޭ އިން ރޭ އާންމުކުރި ހިސާބުތަކުގައިވާ ގޮތުން އިއްޔެ އެކަނި 67 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާއިރު އޭގެ ތެރޭގައި 52 ދިވެހިން ހިމެނެ އެވެ.
މިއީ މީގެ 127 ދުވަސް ކުރިން ރާއްޖެއިން މި ބަލި ފެނުނު ފަހުން އެއް ދުވަހެއްގައި މިހާތަނަށް އެންމެ ގިނަ އަދަދަކަށް ދިވެހިންނަށް ބަލި ޖެހުނު ދުވަސް ކަން ފާހަގަކޮށްލެވެއެވެ. މި އަދަދާ އެކު ބަލި ޖެހުނު ދިވެހިންގެ އަދަދު މިހާރު ވަނީ 1،082 އަށް އަރައިފަ އެވެ.
ބަލި ޖެހޭ ދިވެހިންގެ އަދަދު އިތުރުވެފައިވަނީ މާލޭގައި ބަލި ފެތުރެން ފެށުމާ އެކު އިއުލާނުކުރި ލޮކްޑައުން އަށް ލުއިތައް ދެމުން ގޮސް މި މަހު 1 ގައި ބޮޑެތި ލުއިތަކެއް ދިން ފަހުން ކަން ފާހަގަކޮށްލެވެއެވެ. ކޮވިޑް ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް ބޭރަށް ނިކުންނައިރު މާސްކް އެޅުން މަޖުބޫރު ކުރުމުގެ ވިސްނުމެއް އަދި ނެތް ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
ލޮކްޑައުން އަށް ލުއިތައް ދީފައި ވިޔަސް ބަލިން ރައްކާތެރިވެ ތިބުމަށް މާސްކް އެޅުމާއި ގިނަގިނައިން އަތް ދޮވުމާއި ކޮންމެހެން ބޭރަށް ނިކުންނަންޖެހިގެން ނޫނީ ބޭރަށް ނުނިކުތުމަށާއި، ގައިދުރު ކުރުމާއި މި ނޫންވެސް ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅައިގެން އުޅުމުން އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު